ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:33
ޗީފް އޮފް ޑިފެންސް ފޯސް ޖެނަރަލް ޝިޔާމާއި ޑިފެންސް މިނިސްޓަރު ޝަރީފު
ޗީފް އޮފް ޑިފެންސް ފޯސް ޖެނަރަލް ޝިޔާމާއި ޑިފެންސް މިނިސްޓަރު ޝަރީފު
ރާއްޖެ އެމްވީ
އިމްތިޔާޒް ކޮމިޓީ
ސަލާމަތީ ހިދުމަތްތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރާ މައްސަލަ ދިރާސާ ކުރުން މިރޭ
ޖެނަރަލް ޝިޔާމާއި ކުރީގެ މިނިސްޓަރު ޝަރީފު ހާޒިރު ކުރަން ކުރިން ފާސްކުރި

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލާގައި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވާ މައްސަލަ ދިރާސާ ކުރަން އާދީއްތަ ދުވަހުގެ ބައްދަލުވުމަށް އެޖެންޑާކޮށްފިއެވެ.

އިމްތިޔާޒު ކޮމެޓީގެ މުގައްރިރު ތުލުސްދޫ ދާއިރާގެ މެންބަރު، އިބްރާހިމް މުޙައްމަދު ވަހީދު (ވައްޑެ) "ރާއްޖެއެމްވީ" އަށް ވިދާޅުވީ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި އެ މައްސަލަ ދިރާސާ ކުރަން އެޖެންޑާކޮށްފައިވާ ކަމަށާއި ކޮމެޓީއަށް ހާޒިރުކުރަން ހުށަހަޅާފައިވާ ބޭފުޅުން ހާޒިރުކުރާ ދުވަސްތަކާ ގުޅޭ ގޮތުން މެމްބަރުންގެ މަޝްވަރާގެ މަތިން ގޮތެއް ނިންމާނެ ކަމަށެވެ.

އިމްތިޔާޒު ކޮމެޓީގެ އެ ބައްދަލުވުން ފަށަން ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ 8:00ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މަސީހު ހުންނެވިއިރު، މަޖިލީހުގައި އޭރު ހިމެނޭ އިދިކޮޅު މެމްބަރުން މަޖިލީހުން ބޭރުކޮށް، އެ މެމްބަރުންނަށް އަނިޔާ ލިބޭ ގޮތަށް ފުލުހުންނާއި ސިފައިން އަމަލުކޮށްފައިވާތީ އެކަން ބަލައިދިނުމަށް ކޮމެޓީއަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، (އިންތި)އެވެ.

އެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އަދި އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހާއި ކުރީގެ އަމީންއާންމު އަހުމަދު މުހައްމަދު ވެސް ހާޒިރުކޮށް އެކަންކަން ސާފު ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީން ވަނީ ނިންމަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް