ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 22:13
އެމްއެމްޕީއާރުސީ އޮފީސް
އެމްއެމްޕީއާރުސީ އޮފީސް
ސަން
އެމްއެމްޕީއާރުސީ
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
މައްސަލަ އަލުން ކޯޓަށް ވެއްދީ އަންގާރަ ދުވަހު

  މޯލްޑިވްސްމާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލަ ކޯޓުން ބޭރު ކޮށްލުމުން އަނެއްކާ ވެސް އެ މައްސަލަ ކޯޓަށް ވައްދައިފިއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލާފައި ވަނީ ހޯމަ ދުވަހުއެވެ. އަދި މައްސަލަ ކޯޓުން ބޭރު ކޮށްލީ އެ ދުވަހުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީން ހާޒިރު ނުވުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ،

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ ވަކީލް ވިދާޅުވީ މައްސަލަ އަލުން ކޯޓަށް ވައްދާފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މައްސަލަ ކުރިއަށް ދާނެ ގޮތެއް އެނގޭނީ ޑިސްޕިއުޓް މަރުހަލާ ނިމުމުން ކަމަށެވެ. އެގޮތުން މައްސަލަ އަލުން ފަށާނީ ނުވަތަ މައްސަލައިގެ ޝަރީޢަތް ފަށާނީތޯ ނިިންމަވާނީ ގާޒީ ކަމަށް ވަކީލް ވިދާޅުވިއެވެ.

މި މައްސަލަ ކޯޓުން ބޭރު ކޮށްލުމާ ގުޅިގެން އެމްއެމްޕީއާރުސީގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެ ކުންފުނިން ހާޒިރު ނުވެގެން ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން އޮފިޝަލް ވިދާޅުވީ މައްސަލަ ހޯމަ ދުވަހަށް ކޯޓުގައި ތާވަލް ކޮށްފައިވާކަން އެނގިފައި ނުވާ ކަމަށާއި އަދި މައްސަލައިގެ ޗިޓް ވެސް އެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަަމުން މައްސަލައިގެ ޗިޓް ނުލިބި ކޯޓަށް ހާޒިރުވާން ނޭނގޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެސްއޯއެފްއާ ދެކޮޅަށް އެމްއެމްޕީއާރުސީން ދައުވާ ކުރާ މައްސަލައިގެ ބަޔާންތައް ބަދަލު ކޮށް ނިމިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

އެސްއޯއެފްކުންފުންޏަކީކުރީގެނައިބުރައީސްއަހުމަދުއަދީބާ ގާތްގުޅުމެއްއޮންނަ،އަދިހިބަޅިދޫމައްސަލައާއި އެމްއެމްޕީއާރްސީގެޚިޔާނާތުގެމައްސަލައާގުޅިގެންއިންޓަޕޯލްމެދުވެރިކޮށްހޯދަންއިއުލާނުކޮށްފައިވާމުހައްމަދުއައްލާމްލަތީފް(މޮހޯ)ގެހިއްސާއޮތްކުންފުންޏެކެވެ.ފަޅުތަކާއިފަޅުރަށްތައްކުއްޔަށްދޫކޮށްގެންދައުލަތަށްލިބެންޖެހޭ1.22ބިލިއަނަށްވުރެގިނަރުފިޔާއެސްއޯއެފްމެދުވެރިކޮށްއެކިފަރާތްތަކުގެއެކައުންޓްތަކަށްޖަމާކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީންދައުވާކޮށްފައިވަނީއެދެކުންފުނީގެދެމެދުގައިހެދިފައިއޮތްއެއްބަސްވުމުގެދަށުންއެމްއެމްޕީއާރުސީއަށްލިބެންޖެހޭ10.3މިލިއަންޑޮލަރު(158މިލިއަންރުފިޔާ)އާއިއެމްއެމްޕީއާރުސީންއެސްއޯއެފަށްދޫކުރިހަތަރުލައްކަޑޮލަރު(6.1މިލިއަންރުފިޔާ)އެކީއެއްފަހަރާހޯދުމަށެވެ.އަދިއެދެކުންފުނީގެދެމެދުގައިއޮތްއެއްބަސްވުންއުވާލަންވެސްދައުވާގައިއެމްއެމްޕީއާރުސީންއެދިފައިވެއެވެ.

 

  

- ކޮމެންޓް