ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:16
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު - ފޮޓޯ/ ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު - ފޮޓޯ/ ފޮރިން މިނިސްޓްރީ
ޓްވިޓަރ
ފޮރިން މިނިސްޓްރީ
އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްތަކެތި ބޭނުން ކުރުން ފޮރިން މިނިސްޓްރީން ހުއްޓާލައިފި
100 ދުވަހުގެ އަމާޒަކީ އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް މަދުކުރުން

އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްތަކެތި ބޭނުން ކުރުން ފޮރިން މިނިސްޓްރީން ހުއްޓާލައިފިއެވެ. މިއީ ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްތަކެތި ބޭނުން ކުރުން ހުއްޓާލި ފުރަތަމަ ވުޒާރާއެވެ. ފޮރިން މިނިސްޓްރީގައި އެ ކަން އިފްތިތާހު ކޮށްދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

ފޮރިން މިނިސްޓްރީން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްތަކެތި ބޭނުންކުރުން ހުއްޓާލާފައި ވަނީ، ސަރުކާރުގެ 100 ދުވަހުގެ އަމާޒަކީ ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކްތަކެތި މަދުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ އެ ކަމަށް ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގެ އެއްބާރުލެއްވުން ލިބޭނެ ކަމަށް އެ މަނިކުފާނު އުއްމީދުކުރައްވާ ކަމަށެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްތަކެތި ބޭނުންކުރަން ރައީސް އޮފީހުންވަނީ އާދީއްތަ ދުވަހު ހުއްޓާލާފައެވެ.

ރައީސް އޮފީހުގައި މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ހަރަކާތަކީ ޕްލާސްޓިކްގެ ނުރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އެ ހަރަކާތަކީ ތިމާވެށި ރައްކާތެރި ކުރުމާއި ހިމާޔަތް ކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކަކީ ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ ގުދުރަތީ މުހިންމު ވަސީލަތެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް