ކ. މާލެ
|
3 ޑިސެންބަރ 2018 | ހޯމަ 19:49
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަށް އަލަށް ތަޢާރަފް ކުރި އަލިފާން ނިވާ ދެ ސައިކަލް ދައްކާލަނީ
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޚިދުމަތަށް އަލަށް ތަޢާރަފް ކުރި އަލިފާން ނިވާ ދެ ސައިކަލް ދައްކާލަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
އަލަށް ތަޢާރަފް ކުރި ސައިކަލްތައް އެފްއާރުއެސްގެ އަލިފާން ނިއްވުމުގެ ޚިދުމަތަށް ބޭނުންކުރަން ފަށައިފި
ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވޭ

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އަލަށް ތަޢާރަފް ކުރި އަލިފާން ނިވާ ދެ ސައިކަލް، އެމްއެންޑީއެފް އިން ކުރިއަށް ގެންދާ ޖައްރާފާ 2018 އެކްސަސައިޒްގައި ބޭނުންކުރަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަލަށް ތައާރަފްކުރި އެ ދެ ސައިކަލަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން އެ ކުންފުނިން ހަދިޔާކޮށްފައިވާ ސައިކަލްތަކެއް ކަމަށެވެ. އެ ސައިކަލުތަކަކީ ޗީފް އޮފް ޑިފެންސް ފޯސްގެ ހިޔާލުފުޅާއި އެއްގޮތްވާގޮތުގެ މަތިން ފަރުމާކުރެވިފާ ސައިކަލްތަކެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެ ސައިކަލްތަކުގައި ބެހެއްޓިފައިވާ އަލިފާން ނިވި ބެކްޕެކްގައި 10 ލީޓަރުގެ ފެން ހުރެ އެވެ. އަދި ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވާއިރު ސައިކަލްގެ ޔޫ ބޮކްސްގެ ތެރޭގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ޕައުޑަރ ހުންނާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް