ކ. މާލެ
|
2 ޑިސެންބަރ 2018 | އާދީއްތަ 10:55
އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް
އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް
ގެޓީ އިމޭޖަސް
ެހޮލީވުޑްގެ ތަރިން
އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ދަރިން ބަލާނެ ގޮތުގެ އެއްބަސްވުމަކަށް އާދެވިއްޖެ
ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޮލީ ވަކިވެފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ

ހޮލީވުޑްގެ ތަރިން ކަމުގައިވާ އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ދަރިން ބަލާނެ ގޮތުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޖޮލީގެ ވަކީލު ވިދާޅުވެއްޖެއެވެ.

ދެ އަހަރު ދުވަހަށް ދިގުލައިގެން ގޮސްފައިވާ ވާހަކަތައް ނިމި މިހާރު އެއްބަސްވުމުގައި ގާޒީ ވެސް ސޮއި ކުރައްވާފައިވާ ކަމަށްވެސް ޖޮލީގެ ވަކީލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބްރެޑް ޕިޓްގެ ފަރާތުން އަދި މިކަން ޔަގީންކޮށް ދީފައެއް ނުވެއެވެ.

އެންޖެލީނާ ޖޮލީ ވަރިކުރަން ހުށައެޅި ފޯމުގައި އެދިފައި ވަނީ އެ މީހުންގެ ހަ ދަރިން ވެސް އޭނާގެ ބެލުމުގެ ދަށުގައި އޭނާއާއިއެކީ ދިރިއުޅޭ ގޮތަށެވެ. ޖޮލީ އާއި ޕިޓްގެ އަމިއްލަ ތިން ދަރިން ތިބޭއިރު ދެން ތިބި ތިން ދަރިންނަކީ އެޑޮޕްޓް ކުރަވިފައިވާ ކުދިންތަކެކެވެ.

ހޮލީވުޑްގެ އެންމެ މަގްބޫލު ޖޯޑުގެ ގޮތުގައި އުޅުނު ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޮލީ ވަކިވެފައިވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ ދެ މީހުންގެ ކައިވެނި ރޫޅުނީ އެންމެ ދެ އަހަރު ވަންދެން އުޅުމަށް ފަހުގައެވެ. އޭގެ ކުރިން އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން ވަނީ އެކުގައި 10 އަހަރު ދުވަސް ހޭދަކޮށްފައެވެ.

- ކޮމެންޓް