ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 16:35
އަވަ އެފްޓީ އިފްތިތާޙްކުރުމުގެ ތެރެއިން
އަވަ އެފްޓީ އިފްތިތާޙްކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
އައްޑޫ ވިމެންސް އެސޯސިއޭޝަން
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
މިއީ ގައުމީ އަންހެން މުބާރާތެއްގައި އައްޑޫގެ ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރު

އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ އަންހެން ފުޓްޓޯޅަ ޓީމު "އަވަ އެފްޓީ" ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.

 

މިޓީމް އިފްތިތާޚްކުރުމުގެ ގޮތުން ވަނީ ޚާއްސަ މެޗެއް ކުޅެފައެވެ. ހުޅުމީދޫގައި ކުރިއަށްދިޔަ އެކުވެރިކަމުގެ މިމެޗްގައި އަވަ އެފްޓީ އާއި މީދޫ ދޮންދީނި ބައްދަކޮށް މި މެޗުން 1 ލަނޑު 8  ލަނޑުން ކާމިޔާބުކުރީ އަވަ އެފްޓީ އެވެ.

 

މީގެ ކުރިން ގައުމީ ޓީމަށް ވެސް ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިޔާ އަދި އަވަ އެފްޓީ ޓީމުގެ ކެޕްޓަން އަލްމާ ވަނީ 5 ގޯލު ޖަހައިދީފައެވެ.

 

"އަވަ އެފްޓީ" ޓީމަކީ މުޅި އައްޑޫ ސިޓީން ހޮވާލެވެނު އަންހެން ކުޅުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ޓީމެކެވެ. އަދި މިޓީމުގައި މިވަގުތު ތިބި ފަނަރަ ކުޅުންތެރިން ކަމަށްވީ ނަމަވެސް ޓީމާ ގުޅެން ބޭނުންވާ ކުޅުންތެރިންނަށް އިތުރު ފުރުޞަތުތަކެއް އެބައޮތް ކަމަށް ޓީމުގެ މެނޭޖަރ ޝަފްޤާ ޝަފީގް ވިދާޅުވި އެވެ.

 

މިޓީމަކީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަން ފާހަގަކުރަމުން ޝަފްޤާ ވިދާޅުވީ ޓީމުގެ ކޯޗުންގެ ގޮތުގައި މިވަގުތު އަބްދުﷲ އިމްރާން އަދި އަލީ ނާއިމް ހުސެއިން ކޯޗުކޮށްދެމުންދާ ކަމަށެވެ.

 

މިޓީމްގެ ޚާއްސަ ކަމަކީ ޓީމުގައި ޚާޢްސަ އެހީއަށް ބޭނުންވާ ކުޅުންތެރިން ހިމަނައިގެން އެފަރާތްތަކަށް ވެސް ފުރުޞަތު ދީގެން ޓީމް އެކުލަވާލާފައިވުން ކަމަށްވާއިރު މި ކުޅުންތެރިޔާއަކީ ޓީމުގައި ހުރި ހުނަރުވެރި ކުޅުންތެރިއެއްވުން ކަމަށް ޝަފްގާ ފާހަގަކުރި އެވެ.

 

މިޓީމުގެ ފަސްޓްއެއިޑްގެ ކަންކަމުގައި މިހާރު އެހީތެރިކަން ފޯރުކޮށްދެމުންގެންދަނީ އައިއެމްޑީސީންނެއެވެ.

 

ޝަފްޤާ ވިދާޅުވީ މިހާރު ޓީމުން ތައްޔާރުވަމުންދަނީ އަންހެނުންނަށް ޚާއްޞަ ކޮށްގެން މާޗް މަހުގައި މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކުލަބް މޯލްޑިވްސް ވިމެންސް ފިއެސްޓާ މުބާރާތަށެވެ.

 

މިއީ ގައުމީ އަންހެން މުބާރާތެއްގައި އައްޑޫގެ ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ.

 

- ކޮމެންޓް
8 ފެބްރުއަރީ 2017 | ބުދަ 15:33
seena
saabahey shafu the keraa hihvara alma