ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 18:49
މިކެމްޕެއިންގެ ތެރެއިން އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ
މިކެމްޕެއިންގެ ތެރެއިން އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ
އެމްޓީސީސީ
ޔަންމާ ސާރވިސް ކެމްޕެއިން
ޔަންމާ ސާރވިސް ކެމްޕެއިން ފަށައިފި
މިކެމްޕެއިން އަތޮޅު ތެރޭގައިވެސް ކުރިއަށްދާނެ

"ޔަންމާ ސާރވިސް ކެމްޕެއިން" ގެ ނަމުގައި އެމްޓިސީސީ އާއި ޔަންމާ އޭޝިއާ ގުޅިގެން ކުރިޔަށް ގެންދާ ކެމްޕެއިން ފަށައިފިއެވެ.

26 ނޮވެމްބަރުން 29 ނޮވެމްބަރު 2018 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕެއިންގެ މަޤްސަދަކީ ކަސްޓަމަރުން ހޭލުންތެރިކުރުވުމާއި އެކު ކުންފުންޏާއި ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ގާތް ގު ޅުމެއް ދެމެހެއްޓުން ކަމަށް އެމްޓީސީސީން ބުންޏެވެ.

ޔަންމާ ސާވިސް ކެމްޕެއިންގެ ދަށުން މާލޭ ނޯތު ހާބަރުގައި އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމް އިން 26 އަދި 27 މިދެދުވަހު ހަރަކާތްތެރިވަމުންދާނެއެވެ.

މި ކެމްޕެއިންގެ ތެރެއިން ޔަންމާގެ ޓެކްނިކަލް ޓީމްތަކުން ޔަންމާ އިންޖީން އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް އިންޖީނުތައް ސާރވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއަރ ޕާރޓްސްގެ މުހިއްމުކަން ހާމަކޮށްދިނުމާއިއެކު ހޭލުންތެރިކުރު މުގެ ހަރަކާތްތަކެއް ކުރިޔަށް ގެންދެވޭ ނެއެވެ.

މި ކެމްޕެއިންގެ ހަރަކާތްތަކެއް މާލެއިން ބޭރުގައި ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ އަމާޒަކީ މިފަދަ ކެމްޕެއިންތައް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމެވެ. މިއަހަރު ތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ޕް ރޮޑަކްޓްތަކަށް ޙާއްސަކޮށްގެން އެމްޓީސީސީއިން ވަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެ އެވެ.  

- ކޮމެންޓް