ކ. މާލެ
|
27 ނޮވެންބަރ 2018 | އަންގާރަ 21:08
ހަސަން މެރިން އިން އަލަށް ތަޢާރަފްކުރި އިންޖީނުތައް
ހަސަން މެރިން އިން އަލަށް ތަޢާރަފްކުރި އިންޖީނުތައް
ގޫގުލް
ހަަސަން މެރިން
މާރކިއުރީ ބްރޭންޑްގެ މުޅިން އައު އިންޖީނުތަކެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި
މިއިންޖީނު ތަޢާރަފްކުރެވޭ ފުރަތަމަ ފަހަރު
މިއީ ކޮމާޝަލް އިންޖީނެއް

ހަސަން މެރިން އިން ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން ގެންދާ މާރކިއުރީ ބްރޭންޑްގެ މުޅިން އައު އިންޖީނުތަކެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި އެވެ.

ރަސްފަންނުގެ ޕެވީލިއަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިންޖީނުތައް ރާއްޖެ އަށް ތަޢާރަފް ކޮށްެދެއްވީ ލޯ ކިންގް ލޯންގް ސޭލް ޑިރެކްޓަރ އޭޝިޔާގެ، ޖެނެރަލް މެނޭޖަރ ބިލް މެކްއެކްތުރޯންއެވެ.

ބިލް ވިދާޅުވީ މިއީ އޭޝިޔާ ސަރަހައްދުގައި މިއިންޖީނު ތަޢާރަފްކުރެވޭ ފުރަތަމަ ޤައުމު ކަމަށާއި ހަސަން މެރިންއަކީ މާކިއުރީ އިންޖީނު މަރކެޓް ކުރުމުގައި ނަމޫނާ ކުންފުންޏެއް ކަމަށެވެ. އަދި މިއީ ހާއްސަ ކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް އެކަށީގެންވާ ގޮތެއްގައި ފަރުމާކޮށްފައިވާ ވަރަށް މޮޅު އިންޖީނުތަކެއް ކަމަށް ވެސް ބިލް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ހަސަން މެރިންގެ މެނޭޖިން ޑިރެކްޓަރ ހަސަން ހަލީމް ވިދާޅުވީ މިއީ ރާއްޖޭގެ މަރކެޓަށް އެންމެ ކަމުދާ ގޮތަށް އެމެރިކާގެ މާކިއުރީ މެރިން އިން އުފައްދާފައިވާ ކޮމާޝަލް އިންޖީނެއް ކަމަށާއި، ރާއްޖެ އަކީ ކޮމާޝަލް މަރކެޓެއް ކަމަށްވާތީ އެފަރާތްތަކުން އަބަދު ވެސް ބޭނުން ވަނީ ގިނަ ދުވަހު ގެންގުޅެވޭ ވަރަގުދަ އިންޖީނެއް ކަމަށެވެ. އެހެންކަމުން އޭޝިޔާގެ މާކެޓަށް އަމާޒުކޮށްގެން މިއުފެއްދި ސީޕުރޯ 200 ވީ6 ހޯސްޕަވަރ، އަދި 250 އާއި 300 އަކީ ވީ8 ހޯސްޕަވާރ އިންޖީނުތަކެއް ކަމަށް ހަސަން ވިދާޅުވިއެވެ.

މި އިންޖީނުތައް ޑިޒައިންކޮށްފައި ވަނީ ޕްރެޝަރ މާކެޓަށް ނޫން ކަމަށާއި އެގޮތުން އެންމެ ބުރަކޮށް ދަތުރުކުރާ ލޯންޗް ފަހަރުތަކަށް މި އިންޖީނުތައް ހާއްސަކޮށްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

ދުނިޔޭގެ މާރކެޓްގައި މިވަގުތު ބޭނުން ކުރަމުން ދާ އިންޖީނުތަކަކީ 6 ސިލިންޓަރުގެ އިންޖީނުތަކެއް ކަމަށާއި އެހެންނަމަ ވެސް އަަލަށް މިތަޢާރަފްކުރި އިންޖީނުތަކުގެ ތަފާތަކީ މިއީ 8 ސިލިންޑަރުގެ އިންޖީނުތަކެއް ކަމަށްވުމުގެ އިތުރަށް، އިލެކްޓްރޯނިކަލީ އެވަގުތަކު އިންޖީނު ހުރި ހާލަތެއްގައި އަބަދު ވެސް ކޮންޓްރޯލް ކުރަމުން ދާނެ ކަމެވެ.  

އިންޖީނަށް އެއްވެސް މައްސަލަ އެއް ދިމާވި ނަމަ ވެސް އަބަދު ވެސް ހަސަން މެރިން އިން ސަރވިސް ކުރުމުގެ ހިދުމަތާއި އިންޖީނަށް ބޭނުންވާ ސްޕެއަރ ޕާޓްސް ލިބެން ހުންނަ އިރު މިއީ އެންމެނަށް ވެސް ގަނެވޭނެ އަގެއްގައި ބާޒާރަށް ނެރޭ އުފެއްދުމެއް ކަމަށް ހަސަން މެރިން އިން ހާމަކޮށްފައިވެއެވެ.

ހަސަން މެެރިންއަކީ ފުޅާ ދާއިރާއެއްގައި މާކިއުރީ ބްރޭންޑްގެ އިންޖީނުތައް ރާއްޖެ އަށް އެތެރެކޮށް ވިއްކަމުންދާ ފަރާތެކެވެ.

- ކޮމެންޓް