ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 21:02
ރާދިކާ ސަމަރ އައިލެންޑްގައި ދިވެހިންތަކަކާއި އެކު ނާގާފައިވާ ފޮޓޯއެއް
ރާދިކާ ސަމަރ އައިލެންޑްގައި ދިވެހިންތަކަކާއި އެކު ނާގާފައިވާ ފޮޓޯއެއް
މުހައްމަދު ޝަރުހާން
ރާާދިކާ އާޕްޓޭ
ރާދިކާ އާޕްޓޭ ރާއްޖޭގައި
 
ޗުއްޓީ ހޭދަކުރަމުން ދަނީ ސަމަރ އައިލެންޑްގައި

ބޮލީވުޑްގެ ފިލްމީ ތަރި ރާދިކާ އާޕްޓޭ ރާއްޖެގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ރާދިކާ އޭނާގެ އިންސްޓަގްރާމް ފީޑްގައި ހާމަކޮށްފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ރައްޓެއްސަކާއި އެކު މާލެ އަތޮޅުގައި އޮންނަ ސަމާރ އައިލެންޑް ރިސޯޓްގައެވެ. ރާދިކާގެ އިންސްޓަގްރާމް ގައި ހޮނިހިރު ދުވަހު އެނާ ވަނީ ސަމަރ އައިލެންޑްގައި ނަގާފައިވާ ފޮޓޯތަކެއް ޝެއާ ކޮށްފައެވެ.

ރިސޯޓުގައި ނަގާފައިވާ ފޮޓޯ އެއް ގެ ކެޕްޝަންގައި އޭނާ ބުނެފައި ވަނީ ރާއްޖެއަށް ކުރި ދަތުރު ހާއްސަވެފައި ވަނީ އެ ރިސޯޓްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ސަބަބުން ކަމަށެވެ. ސަމަރ އައިލެންޑްގައި 250 މުވައްޒަފުން މަސައްކަތް ކުރަމުން ދާއިރު އޭގޭ ތެރޭގައި ހިމެނެނީ އެންމެ ތިން އަންހެން މުވައްޒަފުންކަން ފާހަގަކޮށް ރާދިކާ ވަނީ އެމުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. 

ރާދިކާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބަދްލާޕޫރް، މަންޖީ - މައުންޓަން މޭންގެ އިތުރުން އަކްޝޭ އާއި އެކު ކުޅެފައިވާ ފިލްމު ޕެޑްމޭން ވެސް ހިމެނެއެވެ.

ރާދިކާ ރާއްޖޭ ގައި ޗުއްޓީ ހޭދަކުރަމުން ދާއިރު ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދަރް ވެސް ދަނީ ކަނުހުރާ މޯލްޑިވްސް ރިޒޯޓްގައި ޗުއްޓީ ހޭދަކުރަމުންނެވެ. ރާއްޖެ އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރާ އެއް މަންޒިލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
25%
0%
0%
25%
25%
25%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟