ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 18:52
ފިލްމު 2.0ގެ ޕޯސްޓަރ
ފިލްމު 2.0ގެ ޕޯސްޓަރ
އިންޑިޔާ ޓުޑޭ
ފިލްމު 2.0
ފިލްމު ރިލީޒް ކުރުމުގެ ކުރިން 2.0 އަށް 370 ކުރޯރް ރުޕީސް ލިބިއްޖެ
 
މިހާތަނަށް ކޮލީވުޑްގައި އުފައްދާ އެންމެ އަގު ބޮޑު ފިލްމު
 
އިންޑިއާގެ 6،800 ސިނަމާގައި މި ފިލްމު އަޅުވާނެ

ރަޖްނީ ކާންތް އާއި އަކްޝޭ ކުމާރު ކުޅެފައިވާ ސައިންސް ފިކްޝަން ފިލްމު 2.0 ރިލީޒް ކުރުމުގެ ކުރިން އެ ފިލްމަށް 370 ކުރޯރް ރުޕީސް ލިބިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. އެގޮތުން ފިލްމުގެ ސެޓެލައިޓް ރައިޓްސްގެ ގޮތުގައި 120 ކުރޯރް އަދި ޑިޖިޓަލް ރައިޓްސްގެ ގޮތުގައި 60 ކުރޯރް ވިކިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ހިންދީ، ޓެމިލް އަދީ ޓެލުގޫ ބަހުން އުފައްދާފައިވާ މި ފިލްމުގެ80  ކުރޯރް ނޯތް ބެލްޓް ރައިޓްގެ ގޮތުގައި ވަނީ ވިކިފައިއެވެ. ބަކީ 110 ކުރޯޑް ޑިސްޓްރިބިއުޝަން ރައިޓްސްގެ ގޮތުގައި ވިކިފައިވާ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރެއެވެ.

ފިލްމުގެ ބަޖެޓް އިން ބާކީ ހުރި 130 ކުރޯޑް ރުޕީސް ރިލީޒް ކުރާތާ ފުރަތަމަ ހަފްތާތެރޭގައި ފިލްމު ރަގަޅަށް ހިނގައިފިނަމަ ލިބުން އެކަށީގެންވާ ކަމަށް ބޮލީވުޑް ހަންގާމާއިން ރިޕޯޓް ކުރެއެވެ.

2.0 ފިލްމަކީ 2010 ވަނަ އަހަރު ރަޖްނީކަންތް އާއި އައިޝްވާރިޔާ ކުޅެފައިވާ ފިލްމު، އެންތިރަން އާއި ގުޅުވައިގެން ހަދާފައިވާ ފިލްމެކެވެ. އެންތިރަން ގައި ރަޖްނީކާންތު ދެ ރޯލެއްގައި ފެނިގެން ދިޔައެވެ. އޭގެ ތެރެއިން އެއް ރޯލްގައި އޭނާ ފެނިގެން ދަނީ ޕްރޮފެސަރެއްގެ ރޯލުންނެވެ. ދެވަނަ ރޯލަކަށް އޭނާ ފެނިގެން ދިޔާއި ޗިއްޓީ ކިޔާ ނުބައި ރޮބެއްޓެއްގެ ކެރެކްޓާއިންނެވެ. އައިޝްވަރިޔާ ކުޅެފައިވަނީ ރަޖްނީކާންތްގެ ލޯބިވެރިޔާގެ ރޯލެވެ. ފިލްމު 2.0 ގައި އަކްޝޭ ކުމާރު ފެނިގެންދާނީ ނުބައި ޕޮރެފެސަރެއް ކަމަށްވާ ޑރ. ރިޗާޑްސްގެ ރޯލުންނެވެ.

މި ފިލްމު އިންޑިއާގެ 6،800 ސިނަމާގެ އިތުރުން ދުނިޔޭގޭ 10،000 ސިނަމާގައި ގައި އަޅުވަން ހަމަޖެހިފައިވާ ކަމަށް ފިލްމު އުފެއްދި ފަރާތާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު 29 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
25 ނޮވެންބަރ 2018 | އާދީއްތަ 23:28
Pharysh
Please check for spelling and grammar mistakes before publishing
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި