ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 08:53
ޕީޕީއެމް ކައުންސިލް މެމްބަރު ޔުމްނާ މައުމޫނުް: ޔުމްނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަށް ފާޑުވިދާޅުވެފައި
ޕީޕީއެމް ކައުންސިލް މެމްބަރު ޔުމްނާ މައުމޫނުް: ޔުމްނާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަށް ފާޑުވިދާޅުވެފައި
ގޫގުލް
ކައުންސިލް އިންތިހާބު
ގާނޫނަށް ހުށަހެޅީ ޕީޕީއެމްގެ އުސޫލްތަކާ ހިލާފު އިސްލާހެއް:ޔުމްނާ
އިސްލާހަކީ ޕީޕީއެމްގެ ރޫހާއި ހިލާފު އިސްލާހެއް
އިސްލާހާއެކު، އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ލޯކަލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ލުއިކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް ވާދަކުރެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހަކީ ޕިޕީއެމްގެ އުސޫލުތަކާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

 

ޔުމްނާ މައުމޫނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޕީޕީއެމްގެ އުސޫލުތަކާއި ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އެއީ ޕީޕީއެމްގެ މުޅި ރޫހާވެސް ހިލާފަށް ހުށަހަޅާފައިވާ އިސްލާތުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ މީހުންނަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ހަދައިފަ އެވެ. އިސްލާހުގައިވާ ގޮތުންނަމަ، ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށާއި ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައި މީހުންނަށް އިންތިހާބުގައި ވާދަކުރެވެ އެވެ.

އޭގެއިތުރުން، އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ނަމަ، ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އިސްލާމް ދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވެ އެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވުމާއެކު، އިދިކޮޅު ޕާޓީގެ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިދިކޮޅު ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރުމުން، ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނައިސްފަ އެވެ.

- ކޮމެންޓް