ކ. މާލެ
|
26 ނޮވެންބަރ 2018 | ހޯމަ 19:04
ނޭހާ ދޫޕިއާ، ފިރިމީހާ އަންގަދް ބޭދީ އަދި ދަރިފުޅު މެހްރް ދޫޕިއާ ބޭދީ
ނޭހާ ދޫޕިއާ، ފިރިމީހާ އަންގަދް ބޭދީ އަދި ދަރިފުޅު މެހްރް ދޫޕިއާ ބޭދީ
ޕިންކު ވިލާ
ބޮލީވުޑް
ނޭހާ ދޫޕިއާ ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފި
 
އަންހެން ދަރިފުޅަކު ލިބުނީ މިދިޔަ އާދީއްތަ ދުވަހު

ނޭހާ ދޫޕިއާ އާއި އަންގަދް ބޭދީ ފުރަތަމަ ފަހަރަށް ދަރިފުޅާއި އެކު ފެނިގެން ގޮސްފިއެވެ.

ނޭހާ އާއި އަންގަދު ބޭބީއާ އެކު ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައި ވަނީ ހޮސްޕިޓަލުން ގެއަށް ދިއުމަށްޓައި ނުކުމެ ތިއްބާ މުމްބާއީގައި ހުންނަ ވިމެންސް ހޮސްޕިޓަލުގެ ބޭރުންނެވެ.

ފޮޓޯތަކުގައި ނޭހާ ފެނިގެން ދަނީ ނޫކުލައިގެ ހެދުމެއްގައެވެ. ނޭހާގެ އަތުގައި ބޭބީ އޮތް އިރު ކައިރީގައި އަންގަދު އާއި އާއިލާގެ މީހުން ތިބެވެ.

ނޭހާ އަށް އަންހެން ދަރިފުޅަކު ލިބިފައި ވަނީ މިހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ބޭބީ އަށް ދީފައިވާ ނަމަކީ މެހްރް ދޫޕިއާ ބޭދީއެވެ.

ނޭހާ ވަނީ މެހްރްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ނޭހާ ލިއެފައި ވަނީ "މެހްރް ދޫޕިއާ ބޭދީ ސެއިސް ހެލޯ ޓުދަ ވޯލްޑް" އެވެ. ނޭހާ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާ ފޮޓޯގައި ފެނިގެން ދަނީ ބޭބީގެ ކުޑަކުޑަ ފައިތިލަ އެވެ. ބޭބީގެ ފަޔަށް އަރުވާފައިވާ ސޮކްސްގައި ލިޔެފައިވަނީ "ހެލޯ ވޯލްޑް" އެވެ

ނޭހާ އާއި އިންގަދު ކައިވެނި ކުރިކަން އިއުލާން ކޮށްފައި ވަނީ މިއަހަރުގެ މޭމަހު އެވެ. ކައިވެނި ކުރިކަން އިއުލާން ކުރިތާ ތިން މަހެއްހާ ދުވަސް ފަހުން ނޭހާ ބަލިވެ އިންކަން އިއުލާން ކޮށްފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟