ކ. މާލެ
|
25 ނޮވެންބަރ 2018 | އާދީއްތަ 10:05
ރަންވީރު ސިންގް
ރަންވީރު ސިންގް
ގެޓީ އިމޭޖަސް
ބޮލީވުޑް
ކައިވެންޏަށް ފަހު ރަންވީރު އެނބުރި މަސައްކަތަށް
 
އޭނާ ވަނީ އަންނަން އޮތް ފިލްމްގެ ޑަބިންގެ މަސައްކަތް ފަށާފައި

ބޮލީވުޑްގެ ތަރިންގެ ތެރެއިން މިވަގުތު އެންމެ ބިޒީ އެއް ތަރިއަކީ ރަންވީރު ސިންގުއެވެ. މި ހިނގާ ނޮވެމްބަރު މަހުގެ 14 އަދި 15ގައި ދިޕިކާ ޕަދުކޯން އާއި އިޓަލީގެ ލޭކް ކޯމޯގައި ކައިވެނި ކުރުމަށްފަހު އޭނާ އެނބުރި ވަނީމުމްބާއީ އަށް ގޮސްފައެވެ.

އެދެމަފިރިންގެ ކައިވެނީގެ ތިން ހަފްލާ އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ހަފްލާ ވަނީ މި މަހުގެ 24ގައި ދިޕިކާގެ އުފަން ރަށް ބެންގަލޫރުގައި ބާއްވާފައެވެ.

އަދި ދެ ވަނަ ހަފްލާ ނޮވެމްބަރު 28 ގައި މީޑިއާއަށް ދިނުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ހަފްލާ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ބޮލީވުޑްގެ ފަންނާނުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކައިވެނީގެ ހަފްލާތައް ކުރިއަށް ރޭވިފައި އޮތް ނަމަވެސް ރަންވީރު ވަނީ އޭނާގެ މަސައްކަތްތަކަށް ވަގުތު ހުސްކޮށްފައެވެ.

ރަންވީރުގެ ދެން އަންނަން އޮތް ފިލްމަކީ ރޮހިތް ޝެޓީ ޑާއިރެކްޓް ކުރާ ފިލްމް "ސިމްބާ" އެވެ. އަންނަ ޑިސެމްބަރު މަހުގެ 28 ގައި ރިލީޒް ކުރާ މި ފިލްމް ރިލީޒް ކުރަން މަހަކާއި ގާތްވެފައިވާއިރު ރަންވީރު ވަނީ އޭފިލްމްގެ ޑަބިންއަށް ވަގުތު ހުސްކޮށްފައެވެ.

 ރަންވީރުގެ ފޭން ޕޭޖުން ޝެއަރ ކޮށްފައިވާ ފޮޓޯތަކުން ފެނިގެންދަނީ ޑަބިންގެ މަސައްކަތުގައި އޭނާ ވައިއާރިއެފް ސްޓޫޑިއޯގައި ހުއްޓައެވެ.

ސިމްބާގައި ރަންވީރު ފެނިގެންދާނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ސައިފް އަލި ޚާންގެ ދަރިފުޅު ސާރާ އަލި ޚާން އާއި އެކުގައެވެ.

މި ފިލްމްގައި ރަންވީރު ފެނިގެން ދަނީ ފުލުހެއްގެ ރޯލުންނެވެ. އަދި އެނާ ބޮޑަށް ވައްތަރު ވެގެންދަނީ ސަލްމާން ޚާން " ދަބަންގް" ގައި ކުޅެފައިވާ ޗުލްބުލް ޕާންޑޭ ގެ ކެރެކްޓަރ އާއި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި