ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 01:18
ދުނިޔޭގެ އެއްވަނަ ނިކޯ ރޮޒްބަރގް ހަދިޔާ ކުރި ސެލްފީއެއް
ދުނިޔޭގެ އެއްވަނަ ނިކޯ ރޮޒްބަރގް ހަދިޔާ ކުރި ސެލްފީއެއް
އަޒުމޫން އަހުމަދު
ފޯމިއުލާ ވަން
ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި
ނީލަން ކިޔުން ހުޅުވާލުމުގެ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު، ލަންޑަންގައި
2012 ވަނަ އަހަރުން ފެށިގެން، ނީލަން ކިޔައިގެން މިހާތަނަށް 100،000 ޕައުންޑް ހޯދިފައިވޭ

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަންއަށް ފަންޑް ހޯދުމުގެ ގޮތުން މޮޓޯ ރޭސިންގގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ސޮއިކޮށްފައިވާ ފޮޓޯތަކެއް މިއަހަރުވެސް ނީލަން ކިޔާނެއެވެ.

މި ގޮތުން ހުކުރު ދުވަހު ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާގައި ފޯމިއުލާ ވަންގެ ގިނަ ޑްރައިވަރުން ނަގާފައިވާ "ބިހައިންޑް ދަ ސީންސް"ގެ ފޮޓޯތައް ނީލަން ކިޔަންވަނީ ހަމަޖެހިފައެވެ.

މި ހަރަކާތައް، މޮޓޯ ރޭސިންގެ ދުނިޔޭގެ އެއްވަނަ، ނިކޯ ރޮޒްބަރގް، ލުއިސް ހެމިލްޓަން، ބަރނީ އެކްލެސްޓޯން، ޑެނިއަލް ރިކިއާޑޯ އަދި މެކްސް ވަސްޓެޕެސް ވަނީ ފޮޓޯތައް ހުށަހަޅާފައެވެ.

ރޮސްބަރގް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުރިއަށް ދިޔަ އިޓާލިއަން ގްރޭންޑް ޕްރީ ކާމިޔާބު ކުރުމަށްފަހު ނަގާފައިވާ ސެލްފީއެއް ޗެރިޓީއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، މެކްލަރެން ޓީމްގެ ރޭސިންގ ޑައިރެކްޓަރ، އެރިކް ބޯލިއަރ ވަނީ އޭނާއާއި، އެހެން ފަރާތްތަކެއް ފެންނަ ސެލްފީއެއް ވެސް ހުށަހަޅާފައެވެ.

ޒޫމް އޯކްޝަން އިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ނީލަމުން  ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް މިހާތަނަށް 100،000 ޕައުންޑް ހޯދިފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

ހުށަހަޅާފައިވާ ފޮޓޯގްރާފްތައް އޮންލައިންކޮށް ވެސް ނީލަން ކިޔޭއިރު، ކުރިއަށް އޮތް ހަފްތާތަކުގައި ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައި ހުންނާނެއެވެ.

- ކޮމެންޓް