ކ. މާލެ
|
8 ފެބްރުއަރީ 2017 | ބުދަ 01:11
ތިމްޕޫގެ ކޯޗު ޝެރިންގް
ތިމްޕޫގެ ކޯޗު ޝެރިންގް
މުހައްމަދު ޝަރުހާން
އޭއެފްސީ ކަޕް
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
 
ހޫނުވުމުން އެ މައްސަލަ ކުޅުންތެރިންނަށް ދިމާވި: ޝެރިންގް
 
ވެލެންސިއާ މޮޅުވުން ހައްގު: ޝެރިންގް
 
ކައިރީގައި ދެ ލަނޑު ބައިކޮޅަށް ވަނީ އެޓޭކްކުރަން މަސައްކަތްކުރުމުން: ޝެރިންގް

އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގައި ވެލެންސިއާ އަތުން 0-3 ގެ ނަތީޖާއިން ބަލިވި މެޗުގައި ކުޅުންތެރިންނަށް ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން ކަމަށް ތިމްޕޫ ސިޓީ އެފްސީގެ ކޯޗު ޕީ ޝެރިންގް ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝެރިންގް ބުނީ ތިމްޕޫގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، އެހެންނަމަވެސް ހޫނުގެ މައްސަލަ ކުޅުންތެރިންނަށް ދިމާވި ކަމަށެވެ. އޭގެ ސަބަބުން ކުޅުންތެރިންގެ އަސްލު ކުޅުން ފުރަތަމަކޮޅު ނުދެއްކުނު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޝެރިންގް ބުނީ މެޗުން ވެލެންސިއާ މޮޅުވުން ހައްގު ކަމަށާއި، މޮޅުވާން އެޓީމުން ވަރަށް މަސައްކަތްކުރި ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ މި މެޗުން ވަރަށް ރަނގަޅު ތަޖުރިބާއެއް ކުޅުންތެރިންނަށް ލިބިފައިވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ ކައިރި ކައިރީގައި ދެ ލަނޑު ބައިކޮޅަށް ވަނީ ވެލެންސިއާ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު އެޓޭކްކުރަން މަސައްކަތް ކުރުމުން ކަމަށެވެ. އެގޮތުން ވެލެންސިއާ އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީވެސް ކައުންޓާ އެޓޭކަށް އެރިވަގުތު ކާމިޔާބުކުރި ލަނޑެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް