ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 06:07
ދިޕިކާ އާއި ރަންވީރު ސިންގް
ދިޕިކާ އާއި ރަންވީރު ސިންގް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދިޕިކާގެ އުފަން ރަށުގައި ކައިވެނީގެ ހަފްލާ ބާއްވައިފި
 
ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ "ލީލާ ޕެލެސް" ގައި

ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެނީގެ ހަފްލާ ދިޕިކާގެ އުފަން ރަށްކަމުގައިވާ ބެންގަލޫރުގައި ބާއްވައިފި އެވެ.

މި ހަފްލާ ބޭއްވުމަށްޓަކައި މި ދެމަފިރިން ބެންގަލޫރަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ދެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ބުދަ ދުވަހު "ލީލާ ޕެލެސް" ގައެވެ.

މި ހަފްލާގެ ކެއުމުގެ ހުރިހާ ތައްޔާރީތަކެއް ބަލަހައްޓަފައިވަނީ ދިޕިކާގެ މަންމަ އުއްޖަލާގެ ބެލުމުގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަފްލާއަށް ރަންވީރުގެ މަންމަ އާއި ބައްޕަ ވެސް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުފާވެރި އެ ހަފުލާގައި ބައިވެރިވި މީހުންގެ ލިސްޓްގައި ބޮޑަށް ހިމެނެނީ ދިޕިކާގެ އާއިލާގެ މީހުންނާއި ދިޕިކާގެ ބައްޕަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަދުކޯންގެ ރައްޓެހިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަ އަހަރެއްހާ ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ދިޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 14 އަދި 15 ގައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުން ކައިވެނި ކޮށްފައިވަނީ "ކޮންކަނި" އަދި "ސިންދީ" ސަގާފަތާއި އެއްގޮތަށެވެ.

މި ދެމީހުންގެ ކައިވެނީގެ ހެދުންތައް ޑިޒައިން ކޮށްފައި ވަނީ ސަބްޔާސަޗީ މުކަރްޖީ އެވެ.

ދިޕިކާ އައި ރަންވީރުގެ ކައިވެނީގެ ދެވަނަ ހަފްލާ މިމަހުގެ 28 ގައި މުމްބާއީގައި ޕްރެސްއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތަކަށް ޑިސެމްބަރު 1 ގައި މުމްބާއީގައި ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި