ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 06:03
ބަދާއީހޯ ގެ ޕޯސްޓަރު
ބަދާއީހޯ ގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ބަދާއީހޯ 200 ކްރޯޑަށް އަރައިފި
 
ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ އާމްދަނީ ޖުމްލަ 201 ކްރޯޑަށް ވަނީ އަރާފައި

ލީޑް ރޯލުން އަޔުޝްމަން ކުރާނާ ފެނިގެންދާ ފިލްމް "ބަދާއީހޯ" ބޮކްސް އޮފީހުގައި 200 ކްރޯޑަށް އަރައިފި އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ އެ ފިލްމަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ އާމްދަނީ ޖުމްލަ 201 ކްރޯޑަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަމައެކަނި އިންޑިއާއިން ވަނީ 158 ކްރޯޑް ރުޕީސް ލިބިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ 43 ކްރޯޑް ރުޕީސް ލިބިފައި ކަމަށް ތަރަން ގެ ޓްވީޓްގައި ވެއެވެ.

އަމިތް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މެދު އުމުރުގެ ދެމަފިރިންގެ ދިރިއުޅުމުގައި ދިމާވާ ހެއްވާ މަޖާކަންތައްތަކެއްގެ މައްޗަށް ތައްޔަރު ކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގައި އަޔުޝްމަންގެ އިތުރުން ދެން ފެނިގެން ދަނީ ސަނާޔާ މަލޯތްރާ، ނީނާ ގުޕްތާ އާއި ސުރޭޚާ ސިކްރީ، ގަޖްރާޖް ރާއޯ އަދި ޝީބާ ޗައްދާއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ އަމިތް ޝަރްމާއެވެ.

މިފިލްމް ވެގެން ގޮސްފައި ވަނީ އަޔުޝްމަން ކުޅުނު ފިލްމް ތަކުގެ ތެރެއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީ ލިބިގެން ދިޔަ ފިލްމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ