ކ. މާލެ
|
22 ނޮވެންބަރ 2018 | ބުރާސްފަތި 17:10
ދިރާގުގެ މުވައްޒަފުން ހޮޅުދޫ ކައުންސިލްގެ މެމްބަރުންނާއި އެކު
ދިރާގުގެ މުވައްޒަފުން ހޮޅުދޫ ކައުންސިލްގެ މެމްބަރުންނާއި އެކު
ދިރާގު
ދިރާގު
ހޮޅުދޫ އަށް ހައި ސްޕީޑް ފައިބަރ އިންޓަނެޓް އާއި ދިރާގު ޓީވީގެ ހިދުމަތް
25% ޑިސްކައުންޓެއް ލިބޭނެ
ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަރގެ ހިދުމަތާއި އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީ ގެ ހިދުމަތް ކަމުގައިވާ ދިރާގު ޓީވީގެ ހިދުމަތް ނ. ހޮޅުދޫގައި އިފްތިތާހްކޮށްފިއެވެ.

ދިރާގުން ދަނީ ވަރަށް ބާރު މިނުގައި ފައިބަރގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ %70 އަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް ގެ ހިދުމަތް ފޯރުކޮށްދީފައިއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އެހެން 42 ރަށެކެވެ.

ފައިބަރ ބްރޯޑް ބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ. މިހާރު ނ. ހޮޅުދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެއެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައި ދިނުމުގެ އިތުރުން 3 މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން %25 ޑިސްކައުންޓެއް ލިބޭނެއެވެ.

ދިރާގުން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދު ވެސް ދިރާގުން މަސައްކަތް ކުރިއަށް ގެންދާނެއެވެ.

- ކޮމެންޓް