ކ. މާލެ
|
21 ނޮވެންބަރ 2018 | ބުދަ 18:56
ނޭހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ
ނޭހާ ދޫޕިއާ އާއި ފިރިމީހާ އަންގަދް ބޭދީ
އިންޑިއަން އެކްސްޕްރެސް
ބޮލީވުޑް
ނޭހާ ދޫޕިއާގެ ދަރިފުޅުގެ ފުރަތަމަ ފޮޓޯ ދައްކާލައިފި
 
ފޮޓޯގައި ފެނިގެން ދަނީ ބޭބީގެ ކުޑަކުޑަ ފައިތިލަ

އެކްޓަރ ނޭހާ ދޫޕިއާ އާއި އަންގަދް ބޭދީގެ ދަރިފުޅުގެ ފޮޓޯ ދައްކާލައިފިއެވެ.

ނޭހާއަށް އަންހެން ދަރިފުޅަކު ލިބިފައިވާއިރު އެ ދަރިފުޅަށް ދީފައިވާ ނަމަކީ މެހްރް ދޫޕިއާ ބޭދީއެވެ.

ނޭހާ ވަނީ މެހްރްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

 އެ ފޮޓޯގެ ކެޕްޝަންގައި ނޭހާ ލިއެފައިވަނީ "މެހްރް ދޫޕިއާ ބޭދީ ސެއިސް ހެލޯ ޓުދަ ވޯލްޑް" އެވެ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Neha Dhupia (@nehadhupia) on

ނޭހާ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ބޭބީގެ ކުޑަކުޑަ ފައިތިލަ އެވެ. ބޭބީއަށް އަރުވާފައިވާ ސޮކްސްގައި ލިޔެފައިވަނީ "ހެލޯ ވޯލްޑް" އެވެ.

މިދިޔަ އާދިއްތަ ދުވަހު ހެނދުނު ނޭހާ ވިހާފައިވަނީ މުމްބާއީގައި ހުންނަ ވުމަންސް ހޮސްޕިޓަލްގައެވެ.

އަންގާރަ ދުވަހު ހެނދުނު އަންގަދް ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެދެމީހުންނަށް އަންހެން ދަރިފުޅަކު ލިބުނު ކަމަށާއި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެމީހުންނަށް މަރުހަބާ ކީ މީހުނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ނޭހާ ވިހޭ ޚަބަރު ލިބުމުން އެކްޓްރެސް ސޯހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ ވަނީ ނޭހާއަށް ޒިޔާރަތް ކޮށްފައެވެ. މީގެ އިތުރުންވެސް ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާގައި އެދެމީހުންނަށް މަރުހަބާ ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު