ކ. މާލެ
|
20 ނޮވެންބަރ 2018 | އަންގާރަ 10:51
ރަންވީރު ސިންގް އާއި ދިޕިކާ ދަޕުކޯން
ރަންވީރު ސިންގް އާއި ދިޕިކާ ދަޕުކޯން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކައިވެންޏަށް ފަހު ދިޕިކާ އާއި ރަންވީރު އެންބުރި މުމްބާއީ އަށް!
 
ދިޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 14 އަދި 15 ގައި

ބޮލީވުޑްގެ ދެ ތަރި ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އިޓަލީގެ ލޭކް ކޯމޯގައި ކައިވެނި ކުރުމަށްފަހު އެނބުރި އިންޑިއާއަށް ގޮސްފިއެވެ.

މިދިޔަ ހޯމަ ދުވަހު މި ދެމަފިރިން މުމްބައި އެއަރޕޯޓަށް ލޭންޑް ކުރިއިރު އެ ސަރަހައްދުވަނީ މީޑިއާގެ މީހުންނާއި ފޭނުން ފުރާލާފައެވެ.

މި ދެ މަރިންނަށް ހިމާޔަތް ދިނުމަށްޓަކައި ގިނަ އަދަދެއްގެ ސެކިއުރިޓީ ތިބި ނަމަވެސް މި ދެމަފިރިން ފެނުމާއި އެކު ފޭނުންނާއި މީޑިއާގެ މީހުން ވަނީ ސެކިއުރިޓީންނަށް ނުހިފޭއްޓިފައެވެ.

ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ރަންވީރު ވަނީ އޭނާގެ އަންހެނުން ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްފައެވެ. އޭނާ ވަނީ ދީޕިކާގެ ވަށައިގެން އޭނާގެ ދެއަތުން ހިފަހައްޓާފައެވެ.

ހަ އަހަރެއްހާ ދުވަސް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ދިޕިކާ އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 14 އަދި 15 ގައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ދެ މީހުން ކައިވެނި ކޮށްފައިވަނީ "ކޮންކަނި" އަދި "ސިންދީ" ސަގާފަތާއި އެއްގޮތަށެވެ.

މި ދެމީހުންގެ ކައިވެނީގެ ހެދުންތައް ޑިޒައިން ކޮށްފައި ވަނީ ސަބްޔާސަޗީ މުކަރްޖީ އެވެ.

ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ހަފްލާ ތިން ތަނެއްގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ފުރަތަމަ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިޕިކާގެ އުފަން ރަށް ކަމަށްވާ ބެންގަލޫރުގައެވެ.  އެއަށްފަހު މިމަހުގެ 28 ގައި މުމްބާއީގައި ޕްރެސްއަށް ހަފްލާއެއް ދިނުމަށްފަހު  ފިލްމް އިންޑަސްޓްރީގައި ގައި މަސައްކަތް ކުރާ ފަރާތަކަށް ޑިސެމްބަރު 1 ގައި މުމްބާއީގައި ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި