ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 16:43
ސެކިއުރިޓީ އޮޕަރޭޝަންސްގެ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސެކިއުރިޓީ އޮޕަރޭޝަންސްގެ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ވިޔަފާރިކުރުން
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
އަލަށް ފެށި ސެކިއުރިޓީ އޮޕަރޭޝަންސް ކޯސް މިއަހަރު ފެށޭނެ

ރާއްޖެއަކީ ވިޔަފާރިކުރުމަށް ދުނިޔޭގައި ހިމެނޭ އެންމެ ފަސޭހަ 50 ގައުމުގެ ތެރޭގައި ހިމެނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގައި ސެކިއުރިޓީ އޮޕަރޭޝަންގެ ދާއިރާއިން ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސް އިފްތިތާހުކުރުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން، ޒަމީރު ވިދާޅުވީ ސަރުކާރު މިހާރު އެންމެ ބޮޑު މަސައްކަތެއް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ވިޔަފާރި ކުރުމަށްޓަކައި ފަހި މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. އެގޮތުން ވިޔަފާރި ކުރުމަށް ދުނިޔޭގެ އެންމެ ފަސޭހަ 50 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތް ހާސިލް ކުރުމުގައި ރާއްޖޭގައި އަމާން އޮމާން މާހައުލެއް ގާއިމް ވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަން ހާސިލް ކުރުމަށްޓަކައި ފުލުހުންގެ ދައުރަކީ މުހިއްމު ދައުރެއް ކަމަށް އޭނާ ވިދާޅުުވި އެވެ.

ޒަމީރު ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތަކަކީ މުޅި ދުނިޔޭގައި ވެސް ފެތުރިފައިވާ ނުރަގަޅު އަމަލަކަށް ވާއިރު އެކަމުގައި ރާއްޖެ ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ގައުމުގެ އެތެރޭގެ ސެކިއުރިޓީ ރަގަޅު ފެންވަރެއްގައި ބެލެހެއްޓެން ޖެހޭ ކަމަށެވެ.

ޒަމީރުވަނީ ފުލުހުންނަކީ ގައުމުގެ ހަމަޖެހުން ދަމަހައްޓަންޖެހޭ ބަޔަކަށްވާއިރު އެމީހުން އެކަން ހާސިލް ކުރުމައްޓަކައި ތައުލީމީ ގާބިލް ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެހެން ކަމުން މިފަދަ ކޯހެއްގެ ސަބަބުން ވެސް ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ، ސެކިއުރިޓީ ބެލެހެެއްޓުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވަރަށް ބޮޑު ޚަރަދެއް ކުރަމުން އަންނަ ދައިރާއެއް ކަމަށެވެ. ރާއްޖޭގައި ހިނގާ ބޮޑެތި ވައްކަމުގެ މައްސަތަކީ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަންޖެހޭ ވަރަށް ނުބެލި ހިނގާފައިވާ މައްސަލަތަކަށް ވާއިރު މިފަދަ ކޯސްތަކުގެ ޒަރިއްޔާއިން ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ހުޅުވާލި މި ކޯސް އެންމެ ބޮޑަށް އަމާޒުކުރަނީ ރިސޯޓުތަކުގެ ސެކިއުރިޓީއަށް ކަމަށްވާ އިރު މި ކޯސް މި އަހަރުގެ ތެރޭގައި ހުޅުވާލެވިގެންދާނެ ކަމަށް ފުލުހުން ހާމަކުރެ އެވެ.

- ކޮމެންޓް