ކ. މާލެ
|
18 ނޮވެންބަރ 2018 | އާދީއްތަ 16:14
އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ
ގޫގުލް
ބޮލީވުޑް
އަރުޖުން އާއި އޮންނަ ގުޅުމާއި ގުޅޭގޮތުން މަލައިކާ ދިން ޖަވާބަކީ މިއީ!
 
އެދެމީހުންގެ ގުޅުން ޕަބްލިކަށް ހާމަކުރާކަށް ބޭނުމެއް ނުވޭ

މި ދުވަސްވަރު ދެކެވެމުންދާ އެއް ވާހަކަ އަކީ ބޮލީވުޑްގެ ދެ ތަރިންކަމަށްވާ މަލައިކާ އަރޯރާ އާއި އަރުޖުން ކަޕޫރުގެ ލޯބީގެ ގުޅުމުގެ ވާހަކަ އެވެ.

މި ދެމީހުން އެކުގައި ހަފްލާތަކުން ފެނިގެން ދިޔަ ނަމަވެސް އެދެމީހުންގެ ގުޅުން ޕަބްލިކަށް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

ދާދިފަހުން އަރުޖުން އާއި އޮންނަ ގުޅުމާއި ބެހޭގޮތުން މަލައިކާ އާއި ސުވާލު ކުރުމުން މަލައިކާ ބުނެފައިވަނީ އޭނާއަކީ އެއް އިރެއްގައި ވެސް ޒާތީ ވާހަކަތައް މީޑިއާތަކާ ހިއްސާކުރާ މީހެއް ނޫން ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އެ ވާހަކަ ދައްކާކަށް. އަދި އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދެއްކުން އެއީ އެހާ ގަޔާވާކަމެއް ނޫން." މަލައިކާ ބުންޏެވެ.

މީގެ އިތުރުން މަލައިކާ ބުނެފައިވަނީ އޭނާގެ ދިރިއުޅުމާއި ބެހޭ ގޮތުން އެނގެން ޖެހޭ ކަމެއް އޮތް ނަމަ އެކަން އެނގެން ޖެހޭ ބަޔަކަށް އެނގޭނެ ކަމަށެވެ. އެހެންކަމުން އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

"އަހަރެން ހަމަ ހަޔާތް އެންޖޯއި ކޮށްލަނީ. އަހަރެންގެ ދިރިއުޅުން ވަރަށް ހިތްގައި އަދި ވަރަށް ފުރިހަމަ" މަލައިކާ ވަނީ ބުނެފައެވެ.

މިދިޔަ މަހު މިލާން އެއަރޕޯޓްގައި މި ޖޯޑު އަތުގައި ހިފައިގެން ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ވައިރަލް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އޮކްޓޯބަރު 23 ވަނަ ދުވަހު މަލައިކާގެ 45 ވަނަ އުފަން ދުވަސް އިޓަލީގައި ފާހަގަ ކޮށްފައި ވަނީ އަރުޖުން 33، އާ އެކުގައެވެ.

އަރުޖުން އާއި މަލައިކާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް އެދެމީހުން ވަނީ އެގުޅުން އާންމުންނަށް ސިއްރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެދެމީހުން އެކުގައި ފެންނަން ފަށާފައިވަނީ ވަރަށް ފަހަކުންނެވެ.

ފިލްމް ފެއަރގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ދެތަރިން ދަނީ އަންނަ އަހަރު ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

މަލައިކާ އާއި ފިލްމް ޑައިރެކްޓަރ އަދި އެކްޓަރ އަރުބާޒް ޚާން ކައިވެނި ރޫޅިފައިވަނީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެދެމީހުންގެ ދެމެދުގައި ރައްޓެހިކަން އޮވެއެވެ.

މި ދެމީހުންނަށް ވަނީ ފިރިހެން ދަރިފުޅަކު ލިބިފައެވެ. ދަރިފުޅުގެ ކަންކަމުގައި މިދެމީހުން އެކުގައި ވަނީ ފެނިފެން ގޮސްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު