ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 10:35
ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން
ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން
ޓައިމްސް އޮފް އިންޑިއާ
ބޮލީވުޑް
ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފުރަތަމަ ފޮޓޯ ދައްކާލައިފި
 
އެ ފޮޓޯ ވަނީ އެދެމީހުންގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައި

ދިގު އިންތިޒާރަކަށް ފަހު ފޭނުންނަށް ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ކައިވެނީގެ ފޮޓޯ ދައްކާލައިފި އެވެ.

އިޓަލީގެ ލޭކް ކޯމޯގައި ބުދަ އަދި ބުރާސްފަތި ދުވަހު ބޭއްވި "ކޮންކަނި" އަދި "ސިންދީ" ސަގާފަތާ ގުޅޭ ވެޑިންގެ ފޮޓޯ އެ ދެމަފިރިން ވަނީ އިންސްޓަގްރާމުގައި ޝެއަރ ކޮށްފައެވެ.

އެ ދެމީހުން އެކުގައި ނަގާފައިވާ މި ފޮޓޯގެ ކެޕްޝަންގައި ދެމީހުން ވެސް ވަނީ ރެޑް ހާޓް އިމޯޖީ އެއް ޖަހާފައެވެ.

އެ ފޮޓޯގައި ދިޕިކާ ފެނިގެން ދަނީ ރަތް ކުލައިގެ ސާޅި އެއް އަޅާފައި ހުރި އިރު އެއް ފޮޓޯގައި ރަންވީރު ފެނިގެން ދަނީ ހުދު ކުލައިގެ ސަގާފީ ހެދުމެއްގައެވެ. އަނެއް ފޮޓޯގައި އޭނާ ފެނިގެން ދަނީ ރަތް ކުލައިގެ ޝިޭރްވާނީ އެއް ލާފައި ހުއްޓަ އެވެ.

މި ދެމީހުންގެ ހެދުން ޑިޒައިން ކޮށްފައި ވަނީ ސަބްޔާސަޗީ މުކަރްޖީ އެވެ.

މި ދެތަރިން އިޓްލީގައި ކައިވެނި ކުރި ނަމަވެސް އިންޑިއާގައި ދެ ވެޑިންގ ރިސެޕްޝަނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު