ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 13:58
ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް
ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ދީޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯ މިއަދު ފެނިގެންދާނެ
 
ހަފްލާގައި ބައިވެރިވި މެހެމާނުންގެ ކިބައިން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާނުކުރުމަށް އެދިފައި

ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގގެ ކައިވެނީގެ ފުރަތަމަ ފޮޓޯ މިއަދު ހިއްސާކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބުދަ އަދި ބުރާސްފަތި ދުވަހު އިޓަލީގެ ލޭކް ކޯމޯގައި މި ޖޯޑުގެ ކައިވެނީގެ ހަފްލާ ކުރިއަށް ދާއިރު "ސިންދީ ވެޑިން" އަށް ފަހު ބުރާސްފަތި ދުވަހު ހަވީރު 6:00 ހާއިރު ފޮޓޯތައް ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަ އަހަރު ދުވަސް ޑޭޓް ކުރުމަށް ފަހު ސައުތު އިންޑިއަން ސަގާފަތާއި އެއްގޮތަށް މި ޖޯޑު ވަނީ ބުދަ ދުވަހު މެންދުރު ކައިވެނި ކޮށްފައެވެ. ނަމަވެސް މި ހަފްލާގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް މިޖޯޑުގެ ފަރާތުން ހަފްލާގައި ބައިވެރިވި މެހެމާނުންގެ ކިބައިން ވަނީ އެދިފައެވެ.

މި ހަފްލާގެ ފޮޓޯތައް ނަގާފައިވާ އޮފިޝަލް ފޮޓޯ ގްރާފަރަކީ ވިޝާލް ޕަންޖާބީއެވެ. އަދި ބުރާސްފަތި ދުވަހު އޮންނަ ސިންދީ ވެޑިންނަށް ފަހު ނޫނީ އެއްވެސް ފޮޓޯއެއް ހިއްސާނުކުރުމަށް ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ކައިވެނީގެ އެއްވެސް ފޮޓޯއެއް ދީޕިކާ އަދި ރަންވީރުގެ ފަރާތުން ހިއްސާކޮށްފައި ނުވި ނަމަވެސް އެމީހުންގެ ފޭން ކުލަބުން ވަނީ މި ހަފްލާގައި ބައިވެރިވާ ދެ އައިލާގެ މެންބަރުގެ ދުރުންނަގާފައިވާ ބައެއް ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށްފައެވެ.

 އެ ފޮޓޯތަކާއި ވީޑިއޯގައި ފެންނަ ގޮތުން ދެފަރާތުގެ އާއިލާ ތިބީ ހުދާއި ގޯލްޑް ކުލައިގެ ހެދުމުގައެވެ. އަދި އޮރެންޖާއި ގޯލްޑް ކުލައިގެ ސާޅި އެއްގައި ހުރި އަންހެނަކު ވަނީ ދީޕިކާ ކަމަށް ފާހަގަ ކޮށްފައެވެ.

ދެ ފަރާތުގެ އާއިލާ ކައިވެނި ހަފްލާ ބާއްވާ ރިސޯޓަށް ގޮސްފައިވަނީ ބޯޓެއްގައެވެ.

ދީޕިކާ އާއި ރަންވީރު ވަނީ މި މަހުގެ ފަހުކޮޅު ދެ ވެޑިން ރިސެޕްޝަން އިންޑިއާގައި ބޭއްވުމަށް ނިންމާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު