ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 08:21
ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް
ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި
 
ރިޕޯޓްތައް ބުނާ ގޮތުން މި ދެ މީހުން ވަނީ ހޯމަ ދުވަހު އެންގޭޖް ކޮށްފައި

ބޮލީވުޑްގެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެނީގެ ތައްޔާރީތައް މިވަނީ ފަށާފައެވެ.

ޕްރައިވެޓްކޮށް ބައްވާ މި ހަފްލާގައި ފޮޓޯ ނެގުން މަނާ ނަމަވެސް އެ ކައިވެންޏާ ބެހޭ ބައެއް މައުލޫމާތުތައް ވަނީ ހާމަވެފައެވެ.

މުމްބައީ މިރާރގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ދެ މީހުން ވަނީ ހޯމަ ދުވަހު އެންގޭޖް ކޮށްފައެވެ. މި ހަފްލާގައި ބައިވެރިވެފައި ވަނީ އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިންނާ އެކު ޖުމްލަ 40 މީހުންނެވެ.

މި ހަފްލާގައި ދިޕިކާ ހުދު ކުލައިގެ ހެދުމެއްގައި ހުރި އިރު ރަންވީރު ހުރީ ކަޅު ކުލައިގެ ސޫޓެއްލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންގާރަ ދުވަހު ހެނދުނު ވަނީ މެހެނދީ އަދި ހަވީރު ސަންގީތް ހަފްލާ ބާއްވާފައެވެ.

ޑީއެންއޭގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ދެ ފަންކްޝަން ވެސް ބާއްވާފައި ވަނީ ދެ ތަނެއްގައެވެ. ރަންވީރުގެ ފަންކްޝަން ކާސްޓާޑިވާ ރިސޯޓްގައި ބައްވާފައިވާއިރު ދިޕިކާގެ ފަންކްޝަން ބާއްވާފައި ވަނީ އެތަނާ ފަސްކިލޯ މީޓަރު ދުރުގައި ހުންނަ ވިލާ ދި އީސްޓް ގައެވެ.

މި ހަފްލާގައި ތަފާތު ކަމަކަށް ވެގެން ގޮސްފައި ވަނީ އާއިލާގައި ހިމެނޭ ފިރިހެންނުންގެ ވެސް އަތުގައި ހީނާ އެޅުމެވެ.
މެހެންދީ ކުރިއަށް ދިޔަ އިރު ލަވަ ކިޔާފައި ވަނީ ލަވަކިޔުންތެރިޔާ ހަރްޝްދީޕް ކައުރް އަދި ސުބާ މުދްގަލްއެވެ. މި ފަންކްޝަންގައި އެ މީހުން ވަނީ ޓްރެޑީޝަނަލް މެހެދަނީ ލަވަތަކާއި ކްލޭސިކަލް ލަވަތައް ވެސް ކިޔާފައެވެ. މީގެ އިތުރުން ބައެއް ފިލްމްތަކުގެ ލަވަތައް ވެސް ވަނީ ކިޔާފައެވެ. އަދި  ރަންވީރު ވެސް ވަނީ އެނާގެ ފިލްމް "ގުންޑޭ" ގެ ތޫނެ މާރި އެންޓްރިޔާން" ލަވައަށް ނަށާފައެވެ.

ސަންގީތް ފަންކްޝަންގައި ދިޕިކާ އާއި ރަންވީރު ގެ ހެދުމުގެ ކުލަ ވަނީ ފިޔާތޮއްޓާއި ރަތުގެ ޝޭޑްސް ތަކުން ގުޅުވާފައެވެ.

މި ސެރެމަނީ ކުރިއަށް ދިޔައިރު ސުބާ މުދްގަލް ތުމްރީ ޖޯންރާ ލަވަ ކިޔަމުންދިޔައިރު ދީޕިކާ ވަނީ ފެންކަޅި ވެގެން ގޮސްފައެވެ. އަދި އެ މަންޒަރު ރަންވީރަށް ފެނި ދިޕިކާ ކައިރިއަށް ގޮސް ވަނީ ހަގްކޮށްލާ ދިޕިކާ ހިތްހަމަ ޖައްސައިދީފައެވެ.

އޭއެންއައިގައި ރިޕޯޓްކޮށްފައިވާ ގޮތުން ބުދަ ދުވަހު ހެނދުނު ޓްރެޑީޝަނަލް ކޮންކަނި ވެޑިންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ޕްރައިވެޓް ޑިނާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
80%
20%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި