Advertisement
ކ. މާލެ
|
7 ފެބްރުއަރީ 2017 | އަންގާރަ 01:01
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޕޮލިސް ސާރވިސް
މުހައްމަދު ޝަރުހާން
މާރާމާރީ
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
އެކަކު ހައްޔަރުކުރީ ފަޅުރަށަކުން
އެ ހަތް މީހުންގެ ތެރެއިން ހަ މީހުން ހައްޔަރު ކުރީ ރ. މަޑުއްވަރީން

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

 

ރ. އަތޮޅު މަޑުއްވަރީގައި އާދިއްތަ ދުވަހުގެ ރޭ ހިންގި ތިން މާރާމާރީއަކާ ގުޅިގެން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

 

ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 32 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށެވެ. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހޯމަ ދުވަހު އެކި ވަގުތުތަކުގައި ކޯޓު އަމުރެއްގެ ދަށުން ރ. މަޑުއްވަރިން ކަމަށާއި އެ މީހުންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފަޅު ރަށަކަކުން ކަމަށްވެސް ފުލުހުން ބުނެއެވެ.

 

މާރާމާރީ ހިންގާފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 12:23 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މަޑުއްވަރީގައި ހިންގި ތިން މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ 22 އަހަރުގެ ޒުވާނެކެވެ. އަދި ދެވަނަ މާރާމާރީގައި 24 އަހަރުގެ ޒުވާނެއްގެ ގައިގާ ތަޅައި މާރާމާރީ ހިންގާފައިވާއިރު ތިން ވަނަ މާރާމާރީގައި 34 އަހަރުގެ މީހެއްގެ ބުރަކައްޓަށް ދަނގަޑަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

 

އެ ތިން މީހުންނަށްވެސް ރ. މަޑުއްވަރި ސިއްހީ މަރުކަޒުން ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް