ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 21:25
\'ހުވާ\' ގެ ފޯސްޓަރު
'ހުވާ' ގެ ފޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމީ ދާއިރާ
ރާއްޖެގެ ފުރަތަމަ ވެބް ސީރީޒް 'ހުވާ' ގެ ޓްރެއިލާ ދައްކާލައިފި
 
މި ވެބް ސީރީޒް ބައިސްކޯފް އެޕުން ސްޓްރީމް ކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހު

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ފާތުމަތު ނަހުލާ އުފައްދާ މި ވެބް ސީރީޒްގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލާފައި ވަނީ އެ ސީރީޒް ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ މޮބައިލް އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗް ކުރުމަށް ހޯމަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި ހަފުލާއެއްގައެވެ.

ބައިސްކޯފް އެޕުން މި ވެބް ސީރީޒް ސްޓްރީމް ކުރަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

ނަހުލާ ބުނި ގޮތުގައި "ހުވާ" އަކީ ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވެބް ސީރީޒްތަކެއް ހަދަން ވިސްނަމުން ދަނިކޮށް، އޭނާ އަށް ފަހިވެގެން ދިޔަ ފުރުސަތެއް ކަމަށާއި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދުމުގެ ޝަރަފު ތަނަވަސް ކޮށްދިން "ބައިސްކޯފް" ސީއީއޯ މިރުސާދު ނާސިރު (މިރޫ) އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މި އެޕް ލޯންޗް ކުރެވުމުން މުޅި ފިލްމް އިންޑަސްޓްރީ އެތައް ދަރަޖަ އެއް މައްޗަށް އަރައިގެން ގޮސްފި ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

"ހުވާ" ގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށާއި މިއީ ހުރިހާ ރަހައެއް ވެސް ހެޔޮވަރުކޮށް ހަދާފައިވާ މަސާލާގަނޑެއް ކަމަށް ނަހުލާ ބުންޏެވެ.

ރާއްޖޭގެ ވަރަށް ގިނަ މަޝްހޫރު ތަރިންތަކެއް ހިމަނައިގެން ނަހުލާގެ ވާހަކަ އަކަށް ހަދާފައިވާ މި ވެބް ސީރީސް ޑައިރެކްޓް ކޮށްފައި ވަނީ ނަހުލާ އާއި މުހައްމަދު ފައިސަލްއެވެ.

"ހުވާ" ކާސްޓުންގެ ތެރޭގައި ހިމެނެނީ ފައިސަލް، ޝީލާ ނަޖީބް، ޔޫސުފު ޝަފީއު (ޔޫއްޕެ)، އާމިނަތު ރިޝްފާ، އިބްރާހީމް ޖިހާދު (ޖިމީ)، މަރިޔަމް އައްޒަ، ރަވީ ފާރޫގް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮންއައްޔަ) ، އިރުފާނާ އިބުރާހީމް (އިރޫ) ، އަހުމަދު އީސަ (އާނަންދު) ، ނާޝިދާ މުހައްމަދު (ނާއްކޮ)،  އާރިފާ އިބްރާހީމް އަދި ހަސަން މަނިކު (ރޯނު) އެވެ.

 "ބައިސްކޯފު" އަކީ ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާ އަށް އިންގިލާބެއް ގެނެސްދޭނެ އެޕެއް ކަމަށް ބެލެވެއެވެ. މި އެޕް މިހާރު އެޕަލް އާއި ގޫގުލް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި