Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 23:33
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހަދި މައްސަލަ ފުލުހުން ދަނީ ބަލަމުން -- ފޮޓޯ:ގޫގުލް
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހަދި މައްސަލަ ފުލުހުން ދަނީ ބަލަމުން -- ފޮޓޯ:ގޫގުލް
ގޫގުލް
އުކުޅަސް
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
ހައްޔަރުކުރި މީހުންގެ ތެރޭގައި އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް ހިމެނޭ

އއ. އުކުޅަހުގެ މަގުމަތީގައި "މަހާނަ" ހެދި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މެމްބަރު ޝިނާޒު މޫސާ ޕީޕީއެމަށް ސޮއި ކުރުމުން، އެ ގޭގެ ދޮރުމަތީގައި މަހާނައެއް ހެދި މައްސަލައާ ގުޅިގެން އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްގެ އިތުރުން ފަސް މީހުން ވަނީ އާދީއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ ހާއްސަ ޓީމެއް އުކުޅަހަށް ގޮސް އެމީހުން ހައްޔަރުކުރީ ސިހުރު ފަންޑިތަ ހަދައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އުކުޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވީ ރަސްދޫ އާއި މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ގޮސް ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ، ފިކުރީ ހަނިފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދު ކަމަށެވެ.

އުކުޅަހުގެ އެމްޑީޕީ އެކްޓިވިސްޓް ޕީޕީއެމަށް ސޮއި ކުރުމުން އެރަށުގެ އެމްޑީޕީގެ އާންމު މެމްބަރުން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާނޑުކިޔަމުނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް