ކ. މާލެ
|
12 ނޮވެންބަރ 2018 | ހޯމަ 09:24
ބެކްސްޓްރީޓް ބޯއިސް ބޭންޑްގެ 5 މެމްބަރުން
ބެކްސްޓްރީޓް ބޯއިސް ބޭންޑްގެ 5 މެމްބަރުން
ގޫގުލް
ބެކްސްޓްރީޓް ބޯއިސް
ބެކްސްޓްރީޓް ބޯއިސް ވޯލްޑް ޓުއަރ އަކަށް
 
ޓުއާގެ ޓިކެޓް މި މަހުގެ 14 އިން ފެށިގެން ލައިވްނޭޝަން.ކޮމް އިން ވިއްކަން ފަށާނެ

ނުވަދިހައިގެ އަހަރުތަކުގައި އެންމެންގެ ހިތްފަތަހަކޮށްލި ބޭންޑް "ބެކްސްޓްރީޓް ބޯއިސް" ގިނަ ދުވަސްތަކަކަށް ފަހު ވޯލްޑް ޓުއަރއަކަށް ދާން ނިންމައިފިއެވެ.

ބެކްސްޓްރީޓް ބޯއިސް ވޯލްޑް ޓުއަރއަކަށް ދާން ނިންމާފައި ވަނީ އެ ބޭންޑުން އެންމެ ފަހުން ނެރުނު އަލްބަމް "ޑީއެންއޭ" ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ.

މި އަލްބަމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި ޓުއަރ ފެށޭނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ޕޯޗުގަލްގެ ލިސްބަން އިންނެވެ. ޓުއަރ ނިމޭނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ނިއު ޖާރޒީއިންނެވެ.

ޓުއާގެ ޓިކެޓް މި މަހުގެ 14 އިން ފެށިގެން ލައިވްނޭޝަން.ކޮމް އިން ވިއްކަން ފަށާނެއެވެ. ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ މި ބޭންޑްގެ އެންމެ ފަހުގެ އަލްބަމް "ޑީއެންއޭ" ގައި ހިމެނޭ "ޗާންސަސް" ވަނީ ވީޑިއޯއާ އެކު ބޭންޑުންގެ ފޭނުންނަށް ދައްކާލާފައެވެ.

ފާއިތުވި 14 މަސް ދުވަހު އެމެރިކާގެ ލާސްވެގަސްގެ ސްޓޭޖްތަކުގައި އެ ބޭންޑުން ދެމުން އަންނަ "ބެކްސްޓްރީޓް ބޯއިސް: ލާޖަރ ދެން ލައިފް" ގެ ނަމުގައި ދެމުން އަންނަ ޝޯތަށް ނިމޭނީ އަންނަ އަހަރު އޭޕްރީލް މަހުއެވެ.

ނަވާރަސަތޭކަ ނުވަދިހަ ތިނެއްގައި އުފެއްދި "ބެކްސްޓްރީޓް ބޯއިސް" އެންމެ ފަހުން ނެރުނު އަލްބަމަކީ 2013 ގެ "އިން އަ ވޯލްޑް ލައިކް ދިސް" އެވެ. އެ އަލްބަމް ޕްރޮމޯޓްކުރަން އެ އަހަރުން ފެށިގެން 2015 އާ ހަމައަށް ވަނީ ޓުއާއެއް ވެސް ބާއްވައިފައެވެ.

ބެކްސްޓްރީޓް ބޯއިސްގެ މެމްބަރުންނަކީ އޭޖޭ މެކްލިއަން، 40، ހޯވީ ޑޮރޯ، 45، ނިކް ކާޓާ، 38، ބްޔަރަން ލިޓްރެލް، 43، އަދި ކެވިން ރިޗަޑްސަން، 47، އެވެ.

ބެކްސްޓްރީޓް ބޯއިސްގެ "އޭޒް ލޯންގް އޭޒް ޔޫ ލަވްމީ" އަދި "އައިވޯންޓް އިޓް ދެޓް ވޭ" ފަދަ ލަވަތަކަކީ ޗާޓްތަކުގައި ވަނަތަށް ހާސިލްކޮށްފައިވާ ބޮޑު މަގްބޫލް ކަމެއް ހޯދާފައިވާ ލަވަތަކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި