Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 20:45
އެމްއެމްޕީއާރްސީ: މީގެ ކުރިން އެސްއޯއެފް ކުންފުނިން ވެސް ކޯޓަށް ހާޒިރުނުވެ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުނު
އެމްއެމްޕީއާރްސީ: މީގެ ކުރިން އެސްއޯއެފް ކުންފުނިން ވެސް ކޯޓަށް ހާޒިރުނުވެ އަޑުއެހުންތަކެއް ކެންސަލް ކުރަން ޖެހުނު
ސަން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
10 މިލިއަން ޑޮލަރަކާއި ހަ ލައްކަ ޑޮލަރެއްގެ މައްސަލަ
މައްސަލަ އޮތީ ސިވިލް ކޯޓުގެ ފައިސާއާއި މުދަލުގެ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނުގަ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނީގެ އަތުން 160 މިލިއަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރްސީން ދައުވާކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

 

އެމްއެމްޕީއާރްސީން އެސްއޯއެފް ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ، ޑޮލަރު ގަތުމަށް އެ ދެ ކުންފުނީގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ 10 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެސްއޯއެފް އަށް އެ ކުންފުނިން ދީފައިވާ ހަތަރު ލައްކަ ޑޮލަރު (ހަ މިލިއަން ރުފިޔާ) ހޯދުމަށެވެ.

 

އެ ދައުވާގެ ޝަރީއަތުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމެއް އެމްއެމްޕީއާރްސީން ހާޒިރުވެފައެއް ނުވެ އެވެ. އެހެންކަމުން ސިވިލް ކޯޓުން ވަނީ، ދައުވާކުރި ފަރާތުން މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބަލައި، އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

 

އެމްއެމްޕީއާރްސީން ހުށަހެޅި މައްސަލަ ބޭރުކޮށްލި އިރު، އެ މައްސަލަ އޮތީ ސިވިލް ކޯޓުގެ ފައިސާ އާއި މުދަލުގެ ބޮޑެތި މައްސަލަތައް ބަލާ ޑިވިޝަނުގަ އެވެ.

 

މައްސަލައިގައި ފުރަތަމަ ބޭއްވި ތިން އަޑުއެހުމަށް އެސްއޯއެފް ކުންފުނިން ހާޒިރުވެފައެއް ނުވެއެވެ. އެކުންފުނިން ކޯޓަށް ހާޒިރުވާން ފެށީ ޣައިރު ހާޒިރުގައި މައްސަލަ ބަލާ ނިންމާނެ ކަމަށް ކޯޓުން އެންގުމުންނެވެ.

 

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ގާތްގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފްގެ ހިއްސާ އޮތް އެސްއޯއެފް ކުންފުނިން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވި 1.22 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ބަހާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް