ކ. މާލެ
|
11 ނޮވެންބަރ 2018 | އާދީއްތަ 15:55
ޖަސްޓިން ވާރލެންޑަރ އާއި ކޭޓް އަޕްޓަން
ޖަސްޓިން ވާރލެންޑަރ އާއި ކޭޓް އަޕްޓަން
ގޫގުލް
ހޮލީވުޑް
ކޭޓް އަޕްޓަން އާއި ޖަސްޓިން ވާރލެންޑަރ އަށް އަންހެންކުއްޖަކު ލިބިއްޖެ
 
އެ މީހުންނަށް އަންހެން ދަރިއަކު ލިބިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު

މަޝްހޫރު ސުވިމިން ސޫޓް މޮޑެލް ކޭޓް އަޕްޓަން އާއި މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ޖަސްޓިން ވާރލެންޑަރ އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ. މި ދެ ފަންނާނުންނަށް އަންހެން ކުއްޖަކު ލިބިފައިވާކަން ހާމަކޮށްފައި ވަނީ ވަރލެންޑަރ އިންސްޓަރގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އިންސްޓަރގްރާމްގައި ވެލެންޑަރކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މީހުންގެ އަންހެން ދަރިއަކު ލިބިފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށާއި، ދަރިފުޅަށް ދީފައިވާ ނަމަކީ "ޖެނެވީވް އަޕްޓަން ވާރލެންޑަރ"އެވެ.

އިންސްޓަރގްރާމްގައި ވާރލެންޑަރކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ލިބުނު އަންހެން ދަރިފުޅަށް މި ދުނިޔެއަށް މަރްހަބާ ކިޔާ ކަމަށާއި، އަދި ދަރިފުޅާއި ބައްދަލުވި ފުރަތަމަ ސިކުންތުންވެސް އޭނާ ތިމަންނަގެ ހިތް އަތުލާފައިވާ ކަމަށެވެ.

ވާރލެންޑަރ އާއި އަޕްޓަން ކާވެނިކޮށްފައިވަނީ މީގެ އެއް އަހަރު ކުރިން އިޓަލީގެ ވިލާއެއްގައެވެ. އެ ދެ މީހުން ކާވެނިކޮށްފައިވަނީ ވާރލެންޑަރގެ އެސްޓްރޮސްއަށް 2017 ވަނަ އަހަރުގެ ބޭސްބޯލް ސީރީސް ކާމިޔާބު ކުރިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ.

މި ދެ ތަރިންގެ ކާވެނިކޮށްފައިވަނީ 2016 ގައި އެންގޭޖްވުމަށްފަހު ތިން އަހަރު އެކުގައި އުޅުމަށްފަހު ގައެވެ.

މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ އޭނާ އާއި އަޕްޓަން އާއި ދެ މީހުން ރައްޓެހިވެގެން އުޅޭކަން މީޑިޔާގައި ހާމަކޮށްފައިވަނީ އޮސްޓްމަހުގެ ތެރޭގައި "ބްލީޗަރ ރިޕޯރޓް"އަށް ދިން އިންޓަރވިއުއެއްގައެވެ. ބްލީޗަރ ރިޕޯރޓްއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނާއަށް ދިމާވި ދަތި އުނދަގޫ ދުވަސްތަކުގައި އަޕްޓަންގެ އެހީތެރިކަން ވަރަށް ބޮޑަށް އޭނާއަށް ލިބިފައިވާ ކަމަށެވެ.

ވާރލެންޑަރ "ބްލީޗް ރިޕޯރޓް" އަށް ދިން އިންޓަރވިއުގައި ބުނެގައިވަނީ އޭނާ އަށް ކުޅިވަރުގެ ތެރެއިން ދިމާވި އިންޖަރީން އޭނާ އަށް ދިމާވި ނަފްސާނީ ބަލީގެ އުނދަގޫ ކަމަށްވާ ޑިޕްރެޝަން އިން ސަލާމަތްވެވުނީ އަޕްޓަންގެ އެހީތެރިކަމުން ކަމަށެވެ. އެގޮތުން އޭނާ ޑިޕްރެޝަނުން ސަލާމަތްވުމުގައި "ތެރަޕިސްޓެއްގެ" ގޮތުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަޕްޓަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި