ކ. މާލެ
|
10 ނޮވެންބަރ 2018 | ހޮނިހިރު 22:24
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޝުވެކް ސިނަމާގައި
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ޝުވެކް ސިނަމާގައި
ލީވާން އަލީ
ދިވެހި ފިލްމް އިންޑަސްޓްރީ
ޔާމީން ރަޝީދުގެ އެނިމޭޓެޑް ފިލްމު ބަގީޗާ ޕްރިމިއަރ ކޮށްފި
 
ފިލްމު ޕްރިމިއާ ކުރި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އިންތިހާބީ ރައީސް
 
ފިލްމް ޕްރިމިއާކޮށްފައި ވަނީ ހޮނިހިރު ދުވަހު ހަވީރު

ރާއްޖޭގެ ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ މާކަނާ ޝޯވ އުފެއްދި ޔާމިން ރަޝީދުގެ އާ އެނިމޭޝަން ފިލްމް "ބަގީޗާ" ޕްރިމިއަރ ކޮށްފިއެވެ. ފުރަތަމަ ދިވެހި އެނިމޭޓެޑް ފީޗާ ފިލްމު، ބަގީޗާ ޕްރިމިއާ ކުރީ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލެ ޝުވެކް ސިނަމާގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް އާއި ބައެއް މަޖިލީސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު މި ފިލްމާއި ގުޅޭ ގޮތުން އިންތިޚާބީ ރައީސް ސާލިޙް ވިދާޅުވީ އެ ފިލްމް ވަރަށް ކަމުދިޔަ ކަމަށާއި އެ ފިލްމްގެ ކްރިއޭޓިވިޓީ ވަރަށް ފުރިހަމަ ކަމަށެވެ. ކްލެސިކަލް ޑައިލޮގް މި ފިލްމްގައި ބޭނުންކޮށްފައި ހުރި އިރު އެނިމޭޝަން ފިލްމެއްގައި ފެންނަންވާ ފުރިހަމަކަން ފެނިގެން ދިޔަ ކަމަށެވެ.

"ޔުނިވާސަލް ނުވަތަ ޑިޒްނީ ވޯލްޣް ކަހަލަ ތަނެއްގައި ހަދާނަމަ އެތައް މިލިއަން ޑޮލަރެއް ޚަރަދު ކޮށްގެން ހެދޭ ކަހަލަ ފިލްމެއް މިއީ މި ފިލްމުގެ ކްރިއޭޓިވިޓީ ގެނެސްފައި އޮތް ގޮތުން ފެނިގެން ދިޔައީ ރާއްޖެގެ ފަންނާނުންގެ ހުނަރުވެރިކަން ހުރިވަރު،" ސާލިހު ވިދާޅުވިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޔާމީން ރަޝީދު ބުނީ މި ފިލްމްގެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށާއި އުއްމީދު ކުރަނީ ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލެއްގައި މި ފިލްމް އެޅުވުމަށް ކަމަށެވެ.
އަދި  ފެސްޓިވަލްތަކުގައި މި ފިލްމު ބޭނުން ކުރާއިރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެނިގެންދާނެ ކަމަށާއި އެގޮތުން ފިލްމުގައި ބޭނުންކޮށްފައި ހުރި މިއުޒިކު 100 ޕަސެންޓް ދިވެހިވަންތަ މިއުޒިކަށް ހަދާނެ ކަމަށެވެ. އަދި އެކަމަށް ހަ ވަރަކަށް މަސް ނަގާނެ ކަމަށް ޔާމީން ބުންޏެވެ.

މާކަނާޝޯވ އާއި އެއްފަދައިން މި ފިލްމަކީ ވެސް ހަމަ އެފަދަ ތަރުހީބެއް ލިބިގެންދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ޔާމީން ވަނީ ބުނެފައެވެ.

މި ފިލްމާއި ގުޅޭ ގޮތުން ފިލްމްގެ ކޯ ޕްރޮޑިއުސަރ މުހައްމަދު ވަހީދު ވިދާޅުވީ މިއީ ފަސްއަހަރަށް ބުރެ ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި މި ފިލްމްގެ މަސައްކަތް ކޮށްފައި ވަނީ ބޮޑު ޓިމެއް ދެތިން ހަރަތު ބަޔަށް ބަހާލައިގެން ކަމަށެވެ.

އަދި ފިލްމުގެ ވާހަކަ ލިޔެ ޑަބިންގެ މަސައްކަތް ކޮށްފައިވާތާ ފަސްވަރަކަށް އަހަރު ވެދަނެ ކަމަށާއި ނަމަވެސް ފިލްމުގެ އެނިމޭޝަންގެ މަސައްކަތްތައް ނިންމާފައި ވަނީ ފާއިތުވި އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

މި ފިލްމަކީ ހަތަރު އަނބިން ގެންގުޅޭ މީހެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ޖެހޭ މައްސަލަތައް އަދި އޭގެ ހައްލުތައް ދައުކުވައިދޭ ހެއްވާ މަޖާ ފިލްމެކެވެ.
ހުޅުމާލެ އާއި މާލޭގެ ޝްވެކް ސިނަމާގައި މި ފިލްމުގެ ޖުމްލަ 20 ޝޯއެއް އެޅުވުމަށް ހަމަޖައްސާފައިވާއިރު މި ފިލްމު ހާއްސަކޮށްފައި ވަނީ 15 އަހަރުން މަތީގެ މީހުންނަށް ކަމަށް ފިލްމު އުފެއްދި ފަރާތުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ