Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 19:11
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވާ ދެއްވަނީ
ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވާ ދެއްވަނީ
ގޫގުލް
ރިޔާސީ ބަޔާން
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
ރައިސް އޮފީހާއި ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުށް މަދުކުރުމަށްޓަކައި ދަނީ ދިރާސާއެއް ކުރަމުން
މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 64،000 ވަޒީފާ ވަނީ އުފައްދާފަ

ކުށްކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

 

މި 2017 ވަނަ އަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރާއްޖޭގެ ކުށްކުރުމުގެ ހާލަތާއި ކުށުގެ ވެއްޓާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުން އިސްނަގައިގެން ގައުމީ ޔުނިވާރސިޓީން ހަދަން ފަށާފައިވާ ދިރާސާގެ ފުރަތަމަ ނަތީޖާތަކަށް ބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުށްކުރެވޭ ނިސްބަތް ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށެވެ.

 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ މެދުގައި، ހާއްސަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަހުދަތާއި، އިސްލާމީ ހަޟާރަތާއި، ދީނީ އަދި ގައުމީ ރޫހު އާލާކުރުމުގެ ގައުމީ މަޝްރޫއުއެއް ހިންގަން ސަރުކާރުން މިހާރު ވަނީ ނިންމާފައި ކަމަށާއި ކުރިއަށްއޮތް ދެ ތިން މަހެއްގެ ތެރޭގައި އެ މަޝްރޫއު ފޭށެނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށާއި ވަޒީފާ ބޭނުންވާ ޒުވާނުންނަށް އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގައި ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ވަޒީފާގެ މައުލޫމާތު ފޯރުކޮށްދިނުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ހިންގަމުންދާ އުމްރާނީ ތަރައްގީގެ ޕްރޮގްރާމްތަކާއި، އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫއުގެ ސަބަބުން ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94،000 ވަޒީފާގެ ފުރުސަތުގެ ދަށުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 64،000 އަށްވުރެ ގިނަ ވަޒީފާ ރާއްޖޭގެ އެކި ދާއިރާތަކުގައި އުފެދިފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

 

މީގެ އިތުރުން ވެސް މިއަހަރެ ތެރޭގައި ހުޅުވެން ހުރި ރިސޯޓްތަކާއި ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު، މިއަހަރަކީ ވެސް ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް ވެގެންދާނެ ކަމަށް ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް