Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 09:18
އެމެރިކާއަށް މުސްލިމް ޤައުމުތައް ވަނުން މަނާ ކުރުމާ ދެކޮޅަށް އަޑު އުފުލަނީ
އެމެރިކާއަށް މުސްލިމް ޤައުމުތައް ވަނުން މަނާ ކުރުމާ ދެކޮޅަށް އަޑު އުފުލަނީ
ޓްވިޓަރ
އެމެރިކާ
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
މުހައްމަދު ބުނީ އޭނާ އަކީ އެމެރިކާގެ ގްރީން ކާޑް ހޯލްޑަރެއްކަމަށާއި ގްރީން ކާޑް ހޯލްޑަރަކީ އެމެރިކާގެ ރައްޔިތަކާއި އެއް ހައްގުތަކެއް ލިބޭ މީހެއް ކަމަށް

ސީއެންއެންގެ އެޑިޓަރ  އަދި ޕްރޮޑިއުސަރ ޢަބްދުﷲ ތައުފީގް ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އިރާގަށް ނިސްބަތްވާ ޢަބްދު ﷲ ތައުފީގް މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިރާގްވެސް ހިމެނޭގޮތަށް މުސްލިމް ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފައި ވަނިކޮށް އެމެރިކާއަށް ވަންނަން އުޅުމުންނެވެ. އޭނާ ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެއެވެ.

މުހައްމަދު ބުނީ އޭނާ އަކީ އެމެރިކާގެ ގްރީން ކާޑް ހޯލްޑަރެއްކަމަށާއި ގްރީން ކާޑް ހޯލްޑަރަކީ އެމެރިކާގެ ރައްޔިތަކާއި އެއް ހައްގުތަކެއް ލިބޭ މީހެއް ކަމުގައެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު މުހައްމަދު ހައްޔަރުކޮށްފައިވަނީ އޭނާ އިރާގްގައި ހުރުމަށްފަހު އެނބުރި އެމެރިކާއަށް އެތެރެވި ތަނުން އެޓްލާންޓާ އެއާޕޯޓުން ނެވެ.

މުހައްމަދު ބުނީ އޭނާ ކޯޓަށް މައްސަލަ ވައްދާފައިވަނީ ބޯޑަރ ސެކިއުރިޓީއާއި، ކަސްޓަމްސްއާއި، ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އަދި ސްޓޭޓް ޑިޕާޓްމަންޓާއި ދެކޮޅަށް ކަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް