Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 08:47
އޭސީސީ މެންބަރުން: ހުށަހެޅުނު މައްސަލަތައް އިތުރު
އޭސީސީ މެންބަރުން: ހުށަހެޅުނު މައްސަލަތައް އިތުރު
ރާއްޖެ އެމްވީ
އޭސީސީ
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
ދެހާސް ސޯޅަ ވަނަ އަހަރު ތަޙްޤީޤު ކުރުމަށް 764 މައްސަލައެއް ނިންމާފައިވޭ
އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން އެއަހަރު 148 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވޭ

މިދިޔަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރަށްވުރެ 15 އިންސައްތަ އިތުރުވެފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ ދެހާސް ފަނަރަ ވަނަ އަހަރު ނިމުނުއިރު އޭ.ސީ.ސީގައި 832 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު ނިމުނުއިރު ކޮމިޝަނުގައި 958 މައްސަލައެއްވަނީ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.

އޭސީސީން ބުނީ މިއީ 2015 ވަނަ އަހަރު ރަޖިސްޓްރީކުރެވުނު މައްސަލަތަކާ އަޅާބަލާއިރު 15 އިންސައްތަ އިތުރު ޢަދަދެއް ކަމަށެވެ.


ކޮމިޝަނުގައި ރަޖިސްޓްރީކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާކުރުމަށް ފަހު، 2016 ވަނަ އަހަރު ތަޙްޤީޤު ކުރުމަށް 764 މައްސަލައެއް ނިންމާފައިވާއިރު 2015 ވަނަ އަހަރު ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 611 މައްސަލަކަމަށް އެކޮމިޝަނުން ބުންޏެވެ.


މީގެ އިތުރުން، ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް ދައުލަތުގެ އިދާރާއަކަށް ފޮނުވަމުން ކަމަށާއި އެގޮތުން 2016 ވަނަ އަހަރު 63 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2015 ވަނަ އަހަރު ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 47 މައްސަލަކަމަށް އެކޮމިޝަނުން ބުންޏެވެ. އަދި، އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން އެއަހަރު 148 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާއިރު، 2015 ވަނަ އަހަރު 137 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައިކަމަށްވެސް އޭސީސީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް