ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 10:07
ކެޓްރީނާ އާއި އަނުޝްކާ: މީގެ ކުރިން ވަނީ ޖަބްތަކްހޭ ޖާން އިން އެކީގައި ފެނިގެން ގޮސްފައި
ކެޓްރީނާ އާއި އަނުޝްކާ: މީގެ ކުރިން ވަނީ ޖަބްތަކްހޭ ޖާން އިން އެކީގައި ފެނިގެން ގޮސްފައި
ޓްވިޓަރ
ފިލްމު "ޒީރޯ"
ފިލްމު 'ޒީރޯ'ގައި އަނުޝްކާގެ ރޯލް ކުޅެން ބޭނުންވެގެން ރުއިން: ކެޓްރީނާ
މި ފިލްމްގައި ޝާހް ފެނިގެންދާނީ ޑްވާފެއްގެ ގޮތުގައި
ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21ގައި

މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމް ކަމަށްވާ "ޒީރޯ"ގެ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު، އެފިލްމުގައި އަނުޝްކާ ޝަރުމާގެ ރޯލް ކުޅެން ބޭނުންވެގެން ޑައިރެކްޓަރު ކައިރީގައި ރޮއި ހެދި ކަމަށް ކެޓްރީނާ ކައިފް ބުނެފިއެވެ.

ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދި "ޖަބްތަކް ހޭ ޖާން" އަށް ފަހުގައި މި ތިން ތަރިން އެކުގައި ފެނިގެންދާ "ޒީރޯ"ގައި ޝާހުރުކްގެ ނަމަކީ ބައުއާ ސިންގްއެވެ. އަދި އޭނާ މި ފިލްމްގައި ފެނިގެންދާނީ އާދަޔާ ޚިލާފަށް ކުރު މީހެއްގެ ރޯލުންނެވެ.

ކެޓްރީނާ ފެނިގެން ދަނީ ސުޕަރ ސްޓާރއެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.

ކެޓްރީނާ ބުނީ އޭނާއަށް ފިލްމުގެ ސްރިޕްޓް ލިބުމުން އެންމެ ފުރަތަމަ ވެސް ބޭނުންވީ އަނުޝްކާ ކުޅޭ ރޯލު ކުޅެން ކަމަށާއި އެރޯލު ކުޅެން ބޭނުންވެގެން ވަރަށް ރޮއި ހެދި ކަމަށެވެ.

މި ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވެސް ބުނެފައި ވަނީ މިފިލްމު "ބްލޮކްބާސްޓަރ" އަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ މިފިމްލުގެ ޓްރެއިލާއަށް ތައުރީފް ކޮށްފައެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 ގައެވެ.

- ކޮމެންޓް