Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 03:40
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހަދި  މައްސަލަ ފުލުހުން ދަނީ ބަލަމުން
އުކުޅަހުގެ މަގުމަތީގައި މަހާނައެއް ހަދި މައްސަލަ ފުލުހުން ދަނީ ބަލަމުން
ގޫގުލް
އުކުޅަސް
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އއ. އުކުޅަހުން ފަސް މީހުން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އުކަޅަހު ކައުންސިލް މެމްބަރު އަލީ ޒަމީރު ވިދާޅުވީ ފުލުހުން ކޯޓް އަމުރެއްގެ ދަށުން އާދީއްތަ ދުވަހުގެރޭ (މިރޭ)  އއ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް މޫސާ ނައީމްގެ އިތުރުން ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޒަމީރު ވިދާޅުވީ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު ފުސްވިލާގޭ، އިބްރާހިމް ސުޒެއިނާއި، ރަތްވިލާގޭ އަބްދުﷲ ވާހިދު އަލީ، ވިންޓަރ ވިލާ، ސައުދުﷲ އިބްރާހިމް، ފެންފިޔާޒުގެ،  ފިކުރީ ހަނިފްގެ އިތުރުން ފިނިފެން ބަގީޗާ، އަބްދުﷲ ސައީދު ކަމަށެވެ.

ޒަމީރު ވިދާޅުވީ 25 ފުލުހުންގެ ހާއްސަ ޓީމެއް އެރަށައް ގޮސް އެމީހުން ހައްޔަރުކުރުމަށް ފަހު ލޯއްޗަށް އަރުވައިގެން މާލެ ގެންގޮސްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރަން އެރަށް ދިޔަ ފުލުހުންގެ އަތުގައި ކޯޓް އަމުރެއް އޮތްވާ ފެނުނު ކަމަށާއި އެހެންނަވެސް އެމީހުން ހައްޔަރުކުރި ސަބަބު ސާފުނުވާކަމަށް އެނާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ އުކުޅަހު މަގުމަތީގައި މަހާނައެއް ހަދާއި ހިންގި ހަރަކާތެއް ފުލުހުން ތަޙްގީގް ކުރަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައެވެ. އަދި އެހަރަކާތް ހިންގާފައި ވަނީ އެރަށު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ކަމަށާއި މަހާނަ ހަދާފައި ވަނީ ދާދި ފަހުން ޕީޕީއެމަށް ސޮއިކުރި އެމްޑީޕީގެ މެމްބަރު ޝިނާޒު މޫސާ ގޭގެ ދޮރުމަތީގައި ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް