ކ. މާލެ
|
6 ފެބްރުއަރީ 2017 | ހޯމަ 01:06
ސިޓީ އަށް ކުޅެމުން އަންނަ އަގުއެރޯ
ސިޓީ އަށް ކުޅެމުން އަންނަ އަގުއެރޯ
ޓްވިޓަރ
ސާޖިއޯ އަގުއެރޯ
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
އަގުއެރޯ ހޯދުމަށް ޗެލްސީން ވަނީ 75 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފަ

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޑޭ މިރާ އިން ބުނީ ރެއާލް މެޑްރިޑުންވެސް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އަގުއެރޯ ހޯދުމަށް ޗެލްސީންވެސް ބޭނުންވާ ކަމަށާއި، އެޓީމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރިޕޯޓްތައް ބުނާގޮތުން އަގުއެރޯ ހޯދުމަށް ޗެލްސީން ވަނީ 75 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ރިޕޯޓްތަކާ ގުޅިގެން އަގުއެރޯ އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

މެންޗެސްޓާ ސިޓީއާ 2006 ވަނަ އަހަރު ގުޅުނު އަގުއެރޯ ވަނީ އެ ކްލަބާ އެކު މިވީތަނަށް ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 233 މެޗުގައި 154 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު ފުޓުބޯޅަ ލީގު ކަޕް ދެ އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށްވެސް 70 އަށްވުރެ ގިނަ މެޗު ކުޅެދީ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ އެޓީމަށް އެކު 2008 ވަނަ އޮލިމްޕިކް ރަން މެޑަލް، ފީފާ 20 އަހަރުން ދަށުގެ ވޯލްޑްކަޕް ދެފަހަރު އަދި ވޯލްޑްކަޕްގެ ދެވަނަ އެއްފަހަރު ހޯދާފައެވެ.  

- ކޮމެންޓް