Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 22:42
ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު
ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު
ގޫގުލް
ޕީޕީއެމްގެ ބޮޑު ޖަލްސާ
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ފާރާތޫން ވާދަކުރާ ކެނޑިޑޭޓުނަން ޓިކެޓް ހަވާލުކުރުމަށް ބާއްވަން ނިންމާފައިވާ ޖަލްސާ ފަސްކުރުމުން ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ފާނޑުވިދާޅުވެއްޖެއެވެ.

ޕީޕެއެމްގެ މުސްތަޝާރު އަދި ރައީސް އަބުދުﷲ ޔާމީން ސަރަފްވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ "ހޭވައްލާ" ޖަލްސާ ފަސްކުރުމާއި ގުޅިގެން އާދީއްތަ ދުވަހު ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ޖަލްސާ ފަސްކުރީ ޕީޕީއެމްގެ ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުލިބިގެންތޯ ސުވާލުއުފައްދާފައެވެ.

ޔުމްނާ މި ގޮތަށް ސުވާލު އުފެއްދީ ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލްކޯޓުން އަމުރުކުރުމުން އިލެކްޝަން ކޮމިޝަނުން އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވަން އިއުލާންކުރުމަށް ފަހު ދެ ވަނަ ފަރަހަށް އެ އިންތިހާބު ފަސްކުރުމުނެވެ. އޭޕްރިލް މަހުގެ 8 ވަނަ ދުވަހު ބާއްވާން ނިންމާފައިވާ ކައުންސިލް އިންތިހާބު އިލެކްޝަން ކޮމިޝަނުން ވަނީ އެ މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އަދި އެ ކޮމިޝަނުން ވަނީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ވެސް އިތުރުކޮށްފައެވެ.

ޕީޕީއެމުން ކުރިން ބުނެފައި ވަނީ އެ ޖަލްސާ ޝަރަފްވެރިކޮށް ދިނުމަށް ހަމަޖެހިފައި ވަނީ އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ  ޔާމީނު ކަމަށެވެ. އަދި 15،000 އަށް ވުރެ ގިނަ އާންމު މެމްބަރުން ބައިވެރިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޕީޕީއެމްގެ އެތެރޭގައި ހިޔާލުތަފާތުވުން އެފެދި އެޕާޓީގައި ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްސަނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނަން ތާއިދު ކުރާ ފެކްސަނެން އުފެދިފައެވެ. ރައީސް މައުމޫންގެ ފެކްޝަނުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާނޑުކިޔަމުނެވެ. އަދި މިނިވަން މުވައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ރައީސް މައުމޫންގެ އެފެކްޝަނުން ގޮވާލަމުން ދާއިރު ޕާޓީގެ މުސްތަޝާރު ޕާޓީ ހިންގަމުން ދަނީ އަސާސީ ގަވައިދާ ހިލާފަތް ކަމަށް ވެސް ދަނީ ތަކުރާރުކޮށް ބުނަމުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް