Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 21:42
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނުނިކުމެވޭނެ ކަމަށް ސީއެސްސީ އިން ވަނީ އަންގާފަ
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނުނިކުމެވޭނެ ކަމަށް ސީއެސްސީ އިން ވަނީ އަންގާފަ
ގޫގުލް
މޫނު ބުރުގާ މައްސަލަ
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
މޫނު ބުރުގާ އެޅުމަކީ އިސްލާމީ ޝަރީތުގައިވާ ކަމެއް
އިސްލާމްދީން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ ވާޖިބެއް
ދީނަށް އިހާނެތިކޮށް ހިތުމަކީ ދައުލަތުން ޒިންމާއާ ޚިލާފުވުން

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން މަނާކުރާ ގަވާއިދަކީ ގާނޫނު އަސާސީއާ ޚިލާފް ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ސިވިލް ސާވިސް ގަވާއިދުގެ 145 ވަނަ މާއްދާގެ 'ހ' ގެ ދަށުން މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން މަނާކޮށްފައިވަނިކޮށް، އެ މާއްދާއަކީ ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ 11 ދީނީ އިލްމުވެރިއަކާއި ދެ ގާނޫނީ ވަކީލަކު ގުޅިވަޑައިގެންނެވެ.

މައްސަލަ ހުށަހެޅުއްވުމުގައި ބައިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލުންނަކީ އަބްދުލް މާނިއު ހުސެއިން އާއި އަބްދުﷲ ނަސީރު މުހައްމަދު އެވެ.

ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އަބްދުﷲ ބިން މުހައްމަދު އިބްރާހީމާއި، މުހައްމަދު ޝާފިއުއާއި، އަލީ ޒާހިރުއާއި، ހަސަން މޫސާ ފިކުރީއާއި، އަހުމަދު ސަމީރުއާއި، ނިމާލް މުހައްމަދު އާއި، އާސިފް މޫސާ އިބްރާހިމާއި، މުހައްމަދު ސިނާނުއާއި، އަލީ ޒައިދުއާއި، މުހައްމަދު މަންސޫރުގެ އިތުރުން ހުސެއިން އަބްދުﷲ ސައީދެވެ.

މައްސަލަ ހުށަހެޅުއްވި ދީނީ އިލްމުވެރިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޖަމިއްޔަތުލް ސަލަފްގެ މެންބަރުންނެވެ.

އެބޭފުޅުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުން މަނާކުރުމުގެ މަގުސަދުގައި އެކަށައަޅާފައިވާ، ސިވިލް ސާވިސް ގަވާއިދުގެ 145 ވަނަ މާއްދާގެ 'ހ' އަކީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، 67 ވަނަ މާއްދާއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި، ގާނޫނު އަސާސީގެ 268 ވަނަ މާއްދާގެ ދަށުން ބާތިލް މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.

އެ މައްސަލައިގައި ބުނެފައިވަނީ ނިގާބު ނުވަތަ މޫނު ބުރުގާ އެޅުމަކީ އިސްލާމީ ޝަރީއަތުގައިވާ ކަމެއް ކަމާމެދު އިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނެތް ކަމަށެވެ. އަދި އިޚްތިލާފު އުފެދިފައިވަނީ މޫނު ބުރުގާ އެޅުމަކީ ސުންނަތެއްތޯ ނުވަތަ ވާޖިބެއްތޯއާ މެދު ކަމަށެވެ.

މި މައްސަލައިގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އަދި އިސްލާމްދީނަކީ ރާއްެޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނުގެ އަސާސީގައި ބަޔާންކޮށްފައިވާއިރު، މޫނު ބުރުގާ އެޅުމަކީ އިސްލާމީ ޝަރީއަތުގައިވާ ކަމެއް ކަމާމެދު އިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތް ކަމުގައި ވިޔަސް، ސިވިލް ސާވިސްގެ ވަޒީފާތަކުގައި މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ސިވިލް ސާވިސް ގަވާއިދުގެ އެ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފް މާއްދާއެއް ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހި ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު، ދިވެހި ދައުލަތުގެ ދީން ކަމަށްވާ އިސްލާމްދީން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ ވެސް ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި އިސްލާމީ ޝަރީއަތުގައިވާ ހެޔޮ އަމަލެއް ކުރުންމަތީ ދެމިތިބި ބައެއްގެ ކިބައިން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތަކެއް ހައްގެއް ނިގުޅައިގަނެ، އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކޮށްފައިވާ ޒިންމާއާ ދައުލަތުން ޚިލާފުވުން ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން ސިވިލް ސާވިސް ކޮމިޝަނުން މަނާކޮށްފައިވާއިރު، މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތް ދެ މުވައްޒަފަކު މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
6 ފެބްރުއަރީ 2017 | ހޯމަ 05:04
ރަނގަޅު
ތިމައްސަލަ ހުށަ އެޅި ދީނީ އިލްމުވެރިން ތި އޮތީ ތި މައްސަލަ މަނސޫޚު ކޮށްދީފަ! އިލްމުވެރިންގެ މެދުގައި ވާޖިބު ކަމެއް ނުވަތަ ސުންނަތެއް ކަމާއި މެދު ޚިލާފު އުފެދޭ ކަމެއްގައި ރާއްޖޭގެ ޤާނޫނުން ހަމަ ހަމަ ކަން ގާޢިމުކޮށް އެކަކު އަނެކަކު އެނގި ދެނިވެ އިތުބާރު ހިފެހެއްޓިފައިވާ ވަޒީފާގެ މާހައުލެއް ދމެހެއްޓުމަށް މޫނު ބުރުގާ އަޅާއިގެން ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް އޮތުމަކީ އިސްލާމް ދީނާ ޚިލާފު ކަމެއް ނޫންކަން އެނގެން އޮތަތީވެ މޫނު ބުރުގާ އެލޫމާއި މެދު އޮތް ގަވާއިދު ބަދަލް ކުރެވޭނެ ޖާގައ ެނެތް ކަމަށް ހުކުމް ކޮށްފީމެވެ.!