ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 20:15
އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންވަޔަރަމަންޓް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގޫގުލް
ފެނަކަ
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
 
މަސައްކަތް ހަވާލުކޮށްފައި ވަނީ 2.1 މިލިއަން ރުފިޔާއަށް

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.

 

އެ ހަތަރު ރަށަކީ ފ. ބިލަތްދޫއާއި ރ. އިންނަމާދޫ އާއި ށ. ފީވަކު އަދި ގދ. މަޑަވެލި އެވެ.

 

އާދިއްތަ ދުވަހު އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއް އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނަކީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެވެ.

 

 

ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރެވިފައިވަނީ   2.1 މިލިއަން ރުފިޔާ އަށެވެ. 

 

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
5 ފެބްރުއަރީ 2017 | އާދީއްތަ 17:07
ބޮކި
ތިއަށް ވުރެ މާބޮޑެތި ރަށްތައް އެބަހުރި ނަރުދަމާ އަޅަން ޖެހޭ އެކަމަކު ނާޅާ ސިޔާސީ ވިއަސް ބޮޑުވަރު