ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 18:54
އުމަރު ނަސީރު ޕްރެސް ކޮންފަރެއްސެއްގައި މައުލޫމާތު ދެނީ
އުމަރު ނަސީރު ޕްރެސް ކޮންފަރެއްސެއްގައި މައުލޫމާތު ދެނީ
އަޒުމޫން އަހުމަދު
ރާއްޖޭގެ ސިޔާސީ މަޝްރަހު
އުމަރު ނަސީރު ޑރ.ޖަމީލާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތަށް
 
އުމަރު ނަސީރު ވަނީ މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވާފަ
 
މި ދަތުރުގައި އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ ބޭފުޅުންނާވެސް ބައްދަލު ކުރައްވާނެ
 
މިދަތުރުގައި ޑރ ޖަމީލާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފަ

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާ މަޝްވަރާކުރެއްވުމަށް، މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ފުރުއްވާފައިވާ އުމަރު ނަސީރު އިނގެރޭސިވިލަތަށް އާދިއްތަ ދުވަހު ފުރާވަޑައިގެންފި އެވެ.

އުމަރު ނަސީރު ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ މިދަތުރުގައި ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ޓީމާ ބައްދަލު ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމްގެ އިތުރުން ގައުމީ އިއްތިހާދުގެ ސޮބަރް އިބްރާހިމްވެސް ބައްދަލުކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވަނީ އެމަނިކުފާނުގެ މި މަސައްކަތަކީ ރާއްޖެ ތެދުވެރިކަމާ އަދުލުވެރިކަމުގެ މަގަށް ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކަމުގައި ވިދާޅުވި އެވެ.

މިދަތުރު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު އެވެ.

އުމަރު އިނގިރޭސިވިލާތައް ވަޑައިގަންނަވާކަން އިއުލާނުކޮށް ކުރެއްވި ޓްވީޓްގައި ވަނީ ކުރީގެ ނައިބު ރައީސް ޑރ ޖަމީލާ މަޝްވަރާކުރައްވާނީ ކުރިއަށް އޮތް ރިޔާސީ އިްނތިހާބާ ގުޅޭގޮތުން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަޝްވަރާކުރައްވަނީ ރިޔާސީ އިންތިހާބުގެ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލިއިރު، ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށް ފަހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ. އަދި އެއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވުމުގެ މަސައްކަތް އުމަރު ނަސީރު ފައްޓަވާފައިވެއެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށެވެ. ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލެވުނުގޮތަށް ތާއީދުކޮށް ވާހަކަދެއްކެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސުވާލު އުފެދޭގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް