ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 18:42
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން އެޕާޓީގެ މެމްބަރުން ދިދަ ހިފާއިގެން
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ ސުލްހަވެރި ހިނގާލުމެއްގެ ތެރެއިން އެޕާޓީގެ މެމްބަރުން ދިދަ ހިފާއިގެން
ރާއްޖެ އެމްވީ
ޗެއާޕާސަން އިންތިހާބު
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
 
ދަރުބާރުގެ ދޫނުކޮށްފި ނަމަ ވޯޓްލުން ކުރިއަށް ގެންދަނީ ހަރުގޭގައި
 
ދަރުބާރުގެ ހޯދުމަށް ވަނީ އެދިފަ
 
ވޯޓުލުން ކުރިއަށް ދަނީ ހުކުރު ދުވަހު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން އަންނަ ހުކުރު ދުވަހު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުރިއަށްދާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއާޕާސަންގެ މަގާމް ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމުމުނެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަދި ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް އެކަންޏެވެ.

އެމްޑީޕީގެ އިންތިހާބާބެހޭ ކޮމެޓީގެ މުގައްރަރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން ހުކުރު ދުވަހު ހެނދުނު 10:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް  ދާނެ ކަމަށެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްޑީޕީގެ ހަރުގެތަކުގައެވެ.

މަނިކު ވިދާޅުވީ މާލެގައި ވޯޓްލުން ކުރިއަށް ގެންދިއުމަށްޓަކައި ދަރުބާރުގެ ހޯދުމަށް ހައުސިން މިނިސްޓްރީ އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހައުސިން މިނިސްޓްރީން ޖަވާބު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުބާރުގެ އެމްޑީޕީއަށް ދޫނުކޮށްފި ނަމަ މާލޭގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެޕާޓީގެ ހަރުގޭގައާއި އެޕާޓީގެ އޮފީހުގައި ކަމަށް މަނިކު ވިދާޅުވިއެވެ. ޗެއާޕާޝަން އިންތިހާބުގައި ވޯޓްލުމުގެ ޙައްގު ލިބޭ މީހުންގެ ލިސްޓް އެމްޑީޕީގެ ވެބްސައިޓަށް މިހާރު އަޕްލޯޑް ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފު އެ މަގާމަށް ހޮވިވަޑައިގަންނަވާނީ އެންމެ މަދުވެގެން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ. މެމްބަރުންގެ ތާއިދު ހޯދުމަށް ކެމްޕޭއިން ދަތުރުތަށް ހަސަން ލަތީފް އަންނަނީ ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް