ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 14:15
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
 
ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00ގަ
 
ޖަލްސާ ބާއްވަނީ ދަރުބާރު ގޭގެ ރަންނަބަނޑޭރި މާލަމުގަ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މި ފަހަރު ވެސް ބަރުބާރުގޭގައި ބޭއްވުމަށް ނިންމައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބާއްވާއިރު އެޖަލްސާގައި ހަމައެކަނި އޮތީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއްވުމުވެ.

ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ގަ އެވެ.

އެ ޖަލްސާގައި ރައީސުލްޖުމްރޫހިއްޔާގެ ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ނިމޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާއިރާއިން ބޭރުގައި ރިޔާސީ ބަޔާން އިއްވާ މިއީ ދެވަނަ ފަހަރެވެ. މިދިއަ 2016 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވާފައިވަނީވެސް ދަރުބާރުގޭގަ އެވެ. މިދެ ޖަލްސާ ފިޔަވާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭރުގައި ރިޔާސީ ބަޔާން އިއްވާފައެއް ނުވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސް ކަމާހަވާލުވެވަޑައިގެންނެވުމަށްފަހު 2014، އަދި 2015 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވާދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. 2015 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވި ޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ވަނީ، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފަ އެވެ.  

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާންވާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ