ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 13:45
ރީލޯޑާއި ރާސްޓަސް ކުރުމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދޭ
ރީލޯޑާއި ރާސްޓަސް ކުރުމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދޭ
ގޫގުލް
އާއްމުންގެ ސަމާލުކަމަށް
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
 
ސިމްތައް ތިމާގެ ކޮންޓްރޯލުން ބޭރުވާ ގޮތަށް އެހެން މީސްމީހުންގެ ބޭނުމަށް ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން

ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގަ އާއި ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށްކަމަށް ބުނެ ނޫނީ އެހެން ވެސް ގޮތަކުން މާލީ މަންފާ ލިބޭނެ ކަމަށް ދައްކައިގެން މީސް މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

 

ފުލުހުން ބުނީ މަކަރާއި ހީލަތުން އެކި ނަމްބަރުތަކަށް ރީލޯޑް އަދި ރާސްޓަސް ކުރުވުމާއި އަމިއްލަ ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާކުރުވުން ފަދަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށެވެ.

 

ފުލުހުން ބުނީ ފާއިތުވި ތިން މަސް ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު މަކަރާއި ހީލަތުން ބޮޑެތި އަދަދު ތަކުން ރީލޯޑްކޮށް އަދި ރާސްޓަސް ހޯދާފައިވާ މައްސަލައާއި އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ 23 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރެލް އިންވެސްޓިގޭޝަންޑިޕާރޓްމަންޓަށް ހުށަހެޅި ބަލަމުން އެބަދާ ކަމަށެވެ.

 

ފުލުހުން ބުނީ ފުލުހުންނަށް ހުށަހެޅިފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު، އާންމު ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ އަތުލުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ކޮންމެވެސް ވިޔަފާރި ކުންފުންޏެއްގެ ނަމުގައި ހިންގާ ޕްރޮމޯޝަނެއްގައި ގުރުއަތުން ހޮވިފައިވާ ކަމަށާއި އިނާމު ޔަގީންކުރުމަށްޓަކައި އެފަރާތުން ހުށަހަޅާ ނަންބަރަކަށް ބޮޑެތި އަދަދުތަކުން ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވުމަށް އެދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

 

މީގެއިތުރުން ފުލުހުން ބުނީ ބައެއް ފަހަރު އެކިއެކި ޖަމްޢިއްޔާ ތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި، ނުވަތަ ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނަށް އެހީތެރިވުމަށް ކަމަށްބުނެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމުންދާކަންވެސް ފާހަގަކުރެވޭ ކަމަށެވެ. އަދި މިކަން ކުރާ ފަރާތްތަކުން ކޮންފަރެންސް ކޯލް ހަދައި ގިނަ އަދަދެއްގެ ބަޔަކު ތިބެގެން ކުރިއަށް ދާ އަސްލު ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައި ހުންނަކަންވެސް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް