ކ. މާލެ
|
5 ފެބްރުއަރީ 2017 | އާދީއްތަ 10:14
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި
ބާސާ އޮތީ ކުޅުނު 21 މެޗުން ލިބުނު 45 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ
އެތުލެޓިކޯ އޮތީ ކުޅުނު 21 މެޗުން 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގަ

ސްޕެނިޝް ލަލީގާގައި އެތުލެޓިކް ކްލަބް ބަލިކުރުމަށްފަހު ޕޮއިންޓް ތާވަލުގައި ބާސެލޯނާ ލީޑު ކުޑަކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެތުލެޓިކޯއާ ވާދަކޮށް ބާސާ އިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގެ ކުރީކޮޅު ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް 18 ވަނަ މިނެޓުގައި ފްރެންސިސްކޯގެ ލަނޑުން ބާސާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ބާސާ އިން ދިޔައީ އެތުލެޓިކޯގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 40 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ގޯލު ތެރެއަށް ފޮނުވާލައިގެން ލިއޮނެލް މެސީ ވަނީ ލީޑު ފުކާކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން އެތުލެޓިކޯގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސާ އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ދެވަނަ ހާފްގައިވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ބޭކާރުކޮށްލާފައެވެ.

މެޗުގައި ބާސާ އިން ޖެހި ތިން ވަނަ ލަނޑު އަދި ފަހު ލަނޑު 67 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެލެއިޒް ވިދާލް އެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު 21 މެޗުން ލިބުނު 45 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލވި އެތުލެޓިކޯ އޮތީ ކުޅުނު 21 މެޗުން 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގަ އެވެ.

- ކޮމެންޓް