ކ. މާލެ
|
27 އޮކްޓޯބަރ 2018 | ހޮނިހިރު 10:34
ބަޔަކު އިމާރާތެއްގައި މަސައްކަތްކުރަނީ
ބަޔަކު އިމާރާތެއްގައި މަސައްކަތްކުރަނީ
މުހައްމަދު ޝަރުހާން
ކޮންސްޓްރަކްޝަން ދައިރާ
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ކުރިއެރުމެއް
އަމިއްލައަށް ހިންގާ ގެދޮރުގެ މަސައްކަތްތައް ވަނީ އިތުރުވެފައި
ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރާ ލޯނުތައް ވަނީ އިތުރުވެފައި

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ކުއަރޓާލީ އިކޮނޮމިކް ބުލެޓިންގގައި ބަޔާންކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ.

ކޮންސްޓްރަކްޝަން ދާއިރާއަށް އެހާ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ކޮންސްޓްރަކްޝަން މަސައްކަތުގެ އިތުރުން ބްރިޖުގެ މަސައްކަތްތަކާއި ދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތުން މާލޭ ރީޑިވެލޮޕްމެންޓްގެ މަސައްކަތްތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ގެދޮރު ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން ގެންދާތީ ވެސް ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން ކޮންސްޓްރަކްޝަން ދާއިރާއަށް ދޫކުރާ ލޯނުތައްވެސް އިތުރުވެފައެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތި ރާއްޖެއަށް އިތުރު ކުރާ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.އެގޮތުން މިއަހަރުގެ މިހާތަނަށް 54.8 މިލިއަން ޑޮލަރުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެތެރެކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

- ކޮމެންޓް
27 އޮކްޓޯބަރ 2018 | ހޮނިހިރު 08:46
ހަސަނު
ތިފަދަ މަސައްކަތް ކުރަނީ ގިނައިން ބޭރުގެ ކުންފުނިތަކުން. ރާއްޖޭގެ ބަޔަކަސް ނުކުރެވެނީތަ/