ކ. މާލެ
|
4 ފެބްރުއަރީ 2017 | ހޮނިހިރު 21:48
ރައީސް ނަޝީދު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވަނީ
ރައީސް ނަޝީދު ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދު
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
 
އެމްޑީޕީގައި ތިބީ ރާއްޖޭގައި ތިބި ޑިމޮކްރަސީ ޤަބޫލުކުރާ ގިނަ ރައްޔިތުން
 
އެމްޑީޕީ މީހުން ޢަމަލު ކުރާނީ ރާއްޖެއަށާއި ޕާޓީއަށް އެންމެ ފައިދާހުރި ރަނގަޅު ގޮތައް

އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް އެއްވެސް އިރެއްގައި ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެންވިދާޅުވީ ލަންކާއަށް ވަޑައިގެން ހިލްޓަން ހޮޓަލުގައި ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި ތިބީ ރާއްޖޭގައި ތިބި ޑިމޮކްރަސީ ޤަބޫލުކުރާ ގިނަ ރައްޔިތުން ކަމަށާއި އެބޭފުޅުންގެ ކޮންޓްރޯލެއް ވަކި މީހަކަށް ނުނެންގެވޭނެ ކަމަށެވެ.

"ޙަޤީގަތުގައި އެމްޑީޕީގެ ގިނަ މެންބަރުންނަކީ ރާއްޖޭގައި ތިބި މިނިވަން ޚިޔާލުގެ ބޭފުޅުން. އަދި ރާއްޖޭގައިތިބި ޑިމޮކްރަސީ ޤަބޫލުކުރާ ގިނަ ބައިވަރު ރައްޔިތުން. އެރައްޔިތުންގެ އެމެންބަރުންގެ ކޮންޓްރޯލް އަޅުގަނޑު ދެކޭގޮތުގައި އެއްވެސް ބޭފުޅަކަށް ނުނެންގެވޭނެ. އަޅުގަނޑަކަށްވެސް އަދި އެހެން އެއްވެސް ބޭފުޅަކަށް. އެބޭފުޅުން އަމަލު ކުރައްވަމުން ގެންދަވާނީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށާއި ޕާޓީއަށް އެންމެ ފައިދާހުރި ރަނގަޅު ގޮތައް" 13 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ މި ޚާއްޞަ ފަލަ ސުރުޚީ ޕްރޮގްރާމް މިރޭ ރާއްޖެ ޓީވީއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް