ކ. މާލެ
|
22 އޮކްޓޯބަރ 2018 | ހޯމަ 21:18
ޕަރިނީތީ ޗޯޕްޅާ އާއި އަރުޖުން ކަޕޫރު
ޕަރިނީތީ ޗޯޕްޅާ އާއި އަރުޖުން ކަޕޫރު
ގޫގުލް
ބޮލީވުޑް
ނަމަސްތޭ އިންގްލެންޑް: 3 ދުވަހުން 5 ކުރޯޑަށް އަރައިފި
 
ތިން ދުވަހުގެ ތެރޭގައި 5.25 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައި ވޭ

އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑްރޯލުން ފެނިގެންދާ ފިލްމް "ނަމަސްތޭ އިންގްލެންޑް" ވަނީ ފިލްމް ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައި 5.25 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ.

ވިޕުލް އަމްރުތުލާލު ޝާހު ޑައިރެކްޓް ކޮށްފައިވާ މި ފިލްމް މިމަހުގެ 18 ގައި ރިލީޒް ކޮށްފައި ވަނީ އިންޑިއާގައި ކުރިއަށްދާ ނަވްރާތުރީ ފެސްޓިވަލްގެ ފަހު ދުވަސް ކަމަށްވާ ދަސުހްރާ ދުވަހާއި ގުޅުވައިގެން ދޭ ހަދިޔާއެއްގެ ގޮތުގައެވެ.

މި ފިލްމްގެ މަންޒަރުތައް ނަގާފައި ވަނީ ޕަންޖާބް އަދި ލަންޑަންގައެވެ މި ފިލްމަކީ 2007 ވަނަ އަހަރު ރިލީޒް ކޮށްފައިވާ އަކްޝޭ ކުމަރާއި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ފިލްމް "ނަމަސްތޭ ލަންޑަން" ގެ ސީކުއެލް އެކެވެ.

"ނަމަސްތޭ އިންގްލެންޑް" އަކީ އަރުޖުން އާއި ޕަރިނީތީ އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މި ދެ ތަރިން އެންމެ ފުރަތަމަ ކުޅެފައި ވަނީ މި ދެ ތަރިން ވެސް ބޮލީވުޑަށް ތަޢާރަފް ވެގެން ދިޔަ ފިލްމް "އިޝަގް ޒާދޭ" ގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް