ކ. މާލެ
|
4 ފެބްރުއަރީ 2017 | ހޮނިހިރު 04:53
ފްރޭންކް ލަމްޕާޑް
ފްރޭންކް ލަމްޕާޑް
ޓްވިޓަރ
ލަމްޕާޑް
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
 
ސްވަންސީ އަށް ލަމްޕާޑް ގެންނަން މަސައްކަތްކުރިން: ކްލިމެންޓް
 
ކޯޗެއްގެ ގޮތުގައި ފެނިގެންގޮސްދާނެ: ލަމްޕާޑް

ޗެލްސީ އަށް ކުރިން ކުޅުނު ލެޖެންޑް ފްރޭންކް ލަމްޕާޑް ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ ހޯދުމަށް ސްވަންސީ ސިޓީން މަސައްކަތްކުރި ކަމަށް އެ ކްލަބުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްވަންސީގެ ކޯޗު ކްލިމެންޓް ބުނީ ލަމްޕާޑު އެޓީމުގައި ހިމެނުނު ނަމަ ވަރަށް ތަފާތުވާނެ ކަމަށާއި، އޭނާ ހޯދުމަށް ކްލަބުން މަސައްކަތްނުކުރެއޭ ބުނެފިނަމަ އެއީ ދޮގެއް ކަމަށެވެ.

އެގޮތުން އޭނާ ބުނީ ލަމްޕާޑްގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި، އެހެންނަމަވެސް ޓީމަށް ބަދަލުވާން އެއްބަސްނުވުމުން ދެރަވި ކަމަށެވެ. މީގެއިތުރުން ކްލިމެންޓް ބުނީ ފުޓުބޯޅައިގެ ދާއިރާއިން އަދިވެސް ލަމްޕާޑް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކްލިމެންޓް ބުނީ ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ލަމްޕާޑްގެ ނިންމުމަށް އޭނާ އަމިއްލަ އަށް ވިސްނާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެ ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ފުޓުބޯޅަ ކުޅުމުގެ ކެރިޔަރު ހުއްޓާލުމަށް ފަހު ދެން ލަމްޕާޑް ފެނުން އެންމެ ކައިރީ ކޯޗިން ކެރިޔަރުންނެވެ. އެގޮތުން އޭނާ ބުނީ ކޯޗެއްގެ ގޮތުގައި ފެނިގެންގޮސްދާނެ ކަމަށާއި، ލިބޭ ހުށަހެޅުންތަކަށް ބެލުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

ލަމްޕާޑް ވަނީ އޭނާގެ ކެރިޔަރުގައި ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީ މުޅި ކެރިޔަރުގައި 300 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ޗެލްސީގައި 12 އަހަރު ހޭދަކުރުމުގެ އިތުރުން މެންޗެސްޓާ ސިޓީ، ވެސްޓްހަމް ޔުނައިޓެޑް އަދި ނިއުޔޯކް ސިޓީ އެފްސީ އަށްވެސް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް